Sunday 17th Jan 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސަރުކާރު

ފެންބޮޑުނުވާނެ ކަމަށް ބުނި މަގުގައި ފެންބޮޑުވެއްޖެ

މާލެ ސިޓީ ކައުންސިލާއި ރޯޑް ކޯޕަރޭޝަން ގުޅިގެން ހިންގާ މާލެ މަގުތައް ހެދުމުގެ މަޝްރޫޢުގެ ދަށުން ކަނބާއައިސާ ރަނި ހިނގުމުގައި ހިންގި މަޝްރޫޢުގެ ސަބަބުން އެ މަގުގައި ދެން ފެންބޮޑުނުވާނެ ކަމުގައި ބުނެފައިވަނިކޮށް މުޅި މަގުގައި މިއަދު ފެން ބޮޑުވެއްޖެއެވެ.

އިއްޔެ ވާރޭވެހެން ފެށި ވަގުތު އެ މަގުގެ ފޮޓޯ ނެގުމަށްފަހު ސަރުކާރަށް ތާއީދުކުރާ ބައެއް ނޫސްތަކުގައި، ދެ އަހަރު ތެރޭގައި މި ސަރުކާރުން މާލޭގައި ހެދި ފުރަތަމަ މަގުގައި ފެންބޮޑުނުވާތީ އެކަން ފާހަގަކޮށް ތާރީފުކޮށްފައިވެއެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެވެސް ކަނބާއައިސާރަނި ހިނގުމުގެ ބޮޑު ބައެއް އޮތީ ފެން ބޮޑުވެފައެވެ.

ސަރުކާރުން މަގު ހެދުމުގެ މަޝްރޫޢު ހިންގާފައިވަނީ މުޅި ކަނބާއައިސާރަނި ހިނގުމަކު ނޫނެވެ. ނަމަވެސް އެ މަގުގެ ކުޑަ މިންވަރެއްގައެވެ. ނަމަވެސް އެ މަސައްކަތުގެ ސަބަބުން އައީޖީއެމްއެޗާއި، ހިރިޔާ ސުކޫލު ހުންނަ ދިގު އެ މަގުގައި ފެންބޮޑުވާ މިންވަރު ކުޑަވެފައިނުވެއެވެ. އެހެންނަމަވެސް މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު ޝަމާޢު ޝަރީފު ވިދާޅުވެފައިވަނީ ކިތަންމެ ބޯކޮށް ވާރޭވެހުނު ނަމަވެސް އެ މަގުގައި ދެން ފެންބޮޑުނުވާނެ ކަމަށެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ރައީސް ޢަބްދުﷲ ޔާމީނުގެ ސަރުކާރުން މާލޭ ވަށައިގެން ރިންގު ރޯޑު މަޝްރޫޢު ފަށައި މަގުތައް ފުޅާކޮށް ތާރުއަޅައި މަގު ނިންމާފައިވާއިރު އެ މަގުގައި ފެންބޮޑުނުވާ ކަމެވެ. އަދި ކަނބާއައިސާރަނި ހިނގުމުގައި ގާ ބަދަލުކޮށްފައިވަނީ އެ މަގުގެ ވަރަށް ކުޑަ މިންވަރެއްގައި ކަމެވެ.

ކަނބާއައިސާ ރަނި ހިނގުމުން ބައެއްގެ ގާ ބަދަލުކޮށް ނިންމައިލެވުމުން އެމްޑީޕީގެ އިސްވެރިންވަނީ އެ މަޝްރޫޢުގެ ކާމިޔާބީ ފާހަގަކޮށް ވަރަށް ބޮޑަށް އިހުތިފާލުކޮށްފައެވެ.

މި ލިއުމާއި ގުޅޭ