Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ

މަހާތުމާ ގާންދީގެ ޤާތިލުގެ ހަނދާނުގައި ލައިބްރަރީއެއް ހުޅުވައިފި

އިންޑިޔާގެ ބައްޕަ (ފަދާ އޮފް އިންޑިޔާ) މަހާތުމާ ގާންދީ ޤަތުލުކޮށްލި ނަތުރަމް ގޮޑްސޭގެ ހަނދާނުގައި އިންޑިޔާގައި ލައިބްރަރީއް ހުޅުވައިފިއެވެ. މި ލައިބްރަރީ ބިނާކޮށްފައިވަނީ އަކިލް ބަރާތިޔާ ހިންދޫ މަހަސާބާ ކިޔާ ޖަމްޢިއްޔާއަކުންނެވެ. މި ލައިބްރަރީ ހުންނަނީ މަދްޔަ ޕްރަދޭޝްގެ ގަވާލިއޯ ޝަހަރުގައެވެ.
މި ލައިބްރަރީގައި ގޮޑްސޭގެ ލިޔުންތަކާއި ތަޤުރީރުތަކުގެ އިތުރަށް މަހާތުމާ ގާންދީ ޤަތުލުކުރުމަށް އޭނާ ރޭވި ރޭވުންތަކާ ގުޅޭ މައުލޫމާތުވެސް ލިބެން ހުންނާނެ ކަމަށް މި ލައިބްރަރީ ހެދި ޖަމްޢިއްޔާއިން ބުންޏެވެ. މި ޖަމްޢިއްޔާއިން ބުނި ގޮތުގައި މި ލައިބުރަރީގެ ބޭނުމަކީ ގޮޑްސޭ އެދޭ ފަދަ ހިންދޫ ޤައުމިއްޔަތުގެ ވިސްނުން ޒުވާނުންގެ ހިތްތަކުގައި އަށަގެންނެވުމެވެ.
ހިންދޫ މަހަސަބާގެ ޤައުމީ ނައިބުރައީސް ޖައިވީރް ބަރްޖްވާޖް ބުނެފައިވަނީ އިންޑިޔާ ބައިކޮށްލުމާ ގުޅޭ މައުލޫމާތު މި ލައިބްރަރީން އިންޑިޔާގެ ޒުވާނުންނަށް ލިބިގެންދާނެ ކަމަށެވެ. އެގޮތުން އިންޑިޔާ ދެފަޅިވީ އިންޑިޔާގެ ފުރަތަމަ ބޮޑުވަޒީރު ޖަވާލްލާލް ނެހެރޫއާއި ޕާކިސްތާނުގެ ބާނީ މުޙައްމަދު ޢަލީ ޖިނާޙު ވެރިކަން ކުރައްވަން އެދިވަޑައިގެންނެވި މިންވަރުގެ ބޮޑުކަމުން ކަމަށާއި ގޮޑްސޭއަކީ އެކަމާ ދެކޮޅު މީހެއް ކަމަށްވެސް އޭނާ ބުންޏެވެ.
މި ލައިބްރަރީގެ ބޭނުމަކީ ގޮޑްސޭއަކީ ޙަޤީޤީ ޤައުމީ ޝަޚުޞިއްޔަތެއްކަން އަންގައިދިނުން ކަމަށާއި، އޭނާ މަރުވެ ދިޔައީ އެއް އިންޑިޔާގެ އެދުމުގައި ކުރި މަސައްކަތުން ކަމުގައިވެސް ޖައިވީރު ބުންޏެވެ.
މި ލައިބްރަރީ އެޅުމަށް ގްވާލިއޯ އިޚުތިޔާރުކުރި ސަބަބަކީ މަހާތުމާ ގާންދީ ޤަތުލުކުރުމުގެ ރޭވުންތައް ގޯޑްސޭ ރޭވީ އެ ޝަހަރުގައި ކަމަށްވުމެވެ. އެގޮތުން އޭނާ ފިސްތޯލަ ގަނެ ތަމްރީނުތައް ހެދީ ގްވާލިއޯގައި ކަމަށާއި އޭނާ އެންމެ ފުރަތަމަ ގާންދީ މަރަންކުރި މަސައްކަތް ނާކާމިޔާބުވި ކަމަށާއި ނަމަވެސް ދެވަނަ ބައްދަލުވުމުގައި ކާމިޔާބުކަމާއެކު ގާންދީ ޤަތުލުކޮށްލި ކަމަށް ޖައިވީރު ބުންޏެވެ.
ގާންދީގެ މަރުގެ މައްސަލާގައި ގޮޑްސޭގެ މައްޗަށް މަރުގެ ހުކުމެއް އިއްވައި ހުކުމް ތަންފީޒުކުރީ 1949 ވަނަ އަހަރު ނޮވެންބަރު 15 ވަނަ ދުވަހު އަމްބަލާ ޖަލުގައެވެ. އަދި އޭނާއާއެކު އެ ޤަތުލު ރޭވުމުގައި ބައިވެރިވި ނަރަޔަން އަޕްޓޭ ނަމަކަށް ކިޔުނު މީހަކުވެސް މަރުގެ ހުކުމް ތަންފީޒުކޮށް މެރިއެވެ.
މި ދެ މީހުންނަކީވެސް ހިންދޫ ހަރުކަށި ވިސްނުމުގެ ހިންދޫ މަހަސަބާއަށް ނިސްބަތްވާ ދެ މީހުންނެވެ. އެ ދެ މީހުން މެރި ދުވަސް ކަމުގައިވާ ނޮވެންބަރު 15 ވަނަ ދުވަހަކީ "ޤުރުބާންވުމުގެ ދުވަހުގެ" ގޮތުގައި ހިންދޫ މަހަސަބާއިން ފާހަގަކުރާ ދުވަހެކެވެ.
މި ލިއުމާއި ގުޅޭ