Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފުޓުބޯޅަ

"އަހަރެން އަދި މުސްކުޅިނުވޭ": އިބްރަހިމޮވިޗްގެ ބަހުގެ ތެދުކަން

ފާއިތުވި އަހަރުގެ ޖަނަވަރީ މަސްތެރޭގައި ސްވިޑެންގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޒްލަޓާން އިބްރަހަމޮވިޗް އިޓަލީގެ އޭސީ މިލާނަށް ސޮއިކުރުމުން، އެ ކުލަބަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. އުމުރުން ދުވަސްވީ ކުޅުންތެރިއެއް ސޮއިކުރުވާތީއެވެ.
2020 ވަނަ އަހަރު އިބްރަހަމޮވިޗް މިލާނާ ގުޅުނުއިރު އޭނާގެ އުމުރަކީ 38 އަހަރެވެ. އަދި ޔޫރަޕުގެ ފުޓުބޯޅައާ ދުރުގައި އެމެރިކާގައި 2018 ވަނަ އަހަރުން ފެށިގެން 2 އަހަރެއްހައި ދުވަސް ހޭދަކޮށްފައިވާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.
ފާއިތުވި އަހަރެއްހައި ދުވަހުގައި މިލާނުގައި އިބްރަހަމޮވިޗް ދެއްކި މޮޅު ކުޅުމާއެކު އޭނާއަކީ މިހާރު މިލާނުގެ ސަޕޯޓަރުންނަށް އެންމެ މަޤުބޫލު ތަރިއެވެ. ލިބުނު އަނިޔާއަކާ ގުޅިގެން ދެ މަހެއްހައި ދުވަސް ކުޅުމާ ދުރުގައި ހުރުމަށްފަހު ހޮނިހިރު ދުވަހު އޭނާ ދަނޑުމައްޗަށް ނުކުތުމުން މިލާނުގެ ސަޕޯޓަރުން އޭނާއަށް ކިޔާފައިވަނީ ހޫނު މަރުހަބާއެކެވެ.
2020 ވަނަ އަހަރުގެ ޖަނަވަރީ 11 ވަނަ ދުވަހު މިލާނުގެ ޖާޒީގައި އެ ޓީމަށް އަނބުރާ އައިސް ކުޅެދިން ފުރަތަމަ މެޗުގައި ގޯލެއް ކާމިޔާބުކުރުމަށްފަހު، މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ޒްލަޓާން ބުނީ އޭނާގެ އުމުރުގެ ކުޅުންތެރިޔަކާ ކޯޗު މުއާމަލާތްކުރާނީ ވިސްނުންތެރިކަމާއެކުގައި ކަމަށެވެ. އެކަމާ އޭނާ ހާސްނުވާ ކަމަށެވެ. އަދި އޭނާގެ ސިކުނޑި އަދިވެސް ޒުވާން ކަމަށާއި، ހަށިގަނޑުވެސް ތަބާވަނީ އެ ސިކުނޑިއަށް ކަމުގައެވެ.
2012 ވަނަ އަހަރު ޕީއެސްޖީއާ ގުޅުމަށް މިލާން ދޫކޮށްލި ކުޅުންތެރިޔާ އަނބުރާ އިޓަލީއަށް އައިސްފައިވަނީ އައު ހުނަރުތަކަކާއެކު ކަމުގައި ކޯޗު ސްޓެފާނޯ ޕިއޯލީ ޤަބޫލުކުރެއެވެ. 2021 ވަނަ އަހަރު އިބްރަހަމޮވިޗް ޖެހި ގޯލާއެކު އޭނާއަކީ އެންމެ މަތީ ފެންވަރުގެ ފުޓުބޯޅާގައި 4 ދަހާގައި ގޯލު ޖެހި ކުޅުންތެރިއެއްގެ ގޮތުގައި ތާރީޚުގައި ލިޔެވޭނެއެވެ.
ފާއިތުވި ސީޒަން ނިމުމުގެ ކުރިން އިބްރަހަމޮވިޗްވަނީ ޖުމްލަ 11 ލަނޑު ކާމިޔާބުކޮށްފައެވެ. އެއާއެކު އޭނާއަކީ އިޓަލީގެ ސިއެރާ ލީގުގައި 10 އަށްވުރެ ގިނައިން ލަނޑު ކާމިޔާބުކުރި އެންމެ އުމުރުން ދޮށީ ކުޅުންތެރިޔާއެވެ. އެއިރު އޭނާގެ އުމުރަކީ 38 އަހަރާއި 302 ދުވަހެވެ.
މި ލިއުމާއި ގުޅޭ