Sunday 17th Jan 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންޗެސްޓާ ޔުނައިޓެޑް

އެތައް އަހަރަކަށްފަހު އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައަށް ޔުނައިޓެޑް

އެތައް އަހަރަކަށްފަހު އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައަށް މެންޗެސްޓާ ޔުނައިޓެޑް އަރައިފިއެވެ. އެންމެ ފަހުން އެ ޓީމަށް ތާވަލުގެ އެއްވަނާގައި އޮވެވުނީ 2012-2013 ސީޒަނުގައެވެ. އެ ސީޒަނުގައި އެ ޓީމުންވަނީ ލީގުގެ ތަށި އެ ޓީމުގެ ތާރީޚުގައި 20 ވަނަ ފަހަރަށް ކާމިޔާބުކޮށްފައެވެ.

އެ ޓީމަށް ތާވަލުގެ އެއްވަނަ ލިބުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ ބާންލޭއާއި ޔުނައިޓެޑު މެޗުގެ 71 ވަނަ މިނިޓުގައި ޔުނައިޓެޑުގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ޖަހައިދިން ގޯލެވެ. ޕޮގްބާގެ ގޯލާއެކު ރޭގެ މެޗު އެ ޓީމުން ކާމިޔާބުކުރިއެވެ.

ރޭގެ މެޗު ކާމިޔާބުކުރުމުން މިހާތަނަށް މެންޗެސްޓާ ޔުނައިޓެޑަށް ލިބިފައިވާ ޕޮއިންޓުގެ އަދަދު 36 އަށް އެރީއެވެ. ތާވަލުގެ އެއްވަނާގައި މިހާތަނަށް އޮތް ކުރީގެ ޗެމްޕިއަން ލިވަޕޫލަށް ލިބިފައިވަނީ 33 ޕޮއިންޓެވެ. ދެ ޓީމުންވެސް މިހާތަނަށް މެޗު ކުޅެފައިވަނީ އެއް އަދަދަކަށެވެ.

ރޭގެ މެޗަށްފަހު ކޯޗު އޫލް ގޫނާ ޝޯލްސްޖާވަނީ ޕޮގްބާއަށް ތާރީފުކޮށްފައެވެ. ޕޮގްބާއަކީ ދަނޑުމަތީގައާއި ދަނޑުން ބޭރުގައިވެސް މޮޅު ކުޅުންތެރިއެއް ކަމަށާއި އަދި މިވަގުތަކީ އޭނާގެ އެންމެ މޮޅު ކުޅުން ފެންނަ ވަގުތު ކަމުގައިވެސް ކޯޗު ބުންޏެވެ.

ޕޮގްބާ ބުނެފައިވަނީ ތާވަލުގެ އެންމެ މަތީގައި އޮތުމަކީ ލިބޭ އުފަލެއް ކަމުގައެވެ. އަދި އެ މަޤާމު ދިފާޢުކޮށް ލީގު ކާމިޔާބުކުރުމަށް އަދިވެސް ދިގުރާސްތާއެއް އެބަ އޮތް ކަމުގައި ޕޮގްބާ ބުންޏެވެ. އަދި ކުރިއަށް ސަމާލުކަންދޭންޖެހޭ ބޮޑެތި މެޗުތަކެއް ހުރިކަން އޭނާ ފާހަގަކުރިއެވެ.

މި ލިއުމާއި ގުޅޭ