Sunday 17th Jan 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޔުނައިޓެޑް ކިންގްޑަމް

ކުރު ސްކާޓެއް ނުލައިގެން އިނގިރޭސިވިލާތުގައި މުސްލިމް ދަރިވަރަކަށް ފިޔަވަޅުއަޅައިފި

އިނގިރޭސިވިލާތުގެ ހައިސްކޫލެއްގައި ޔުނިފޯމުގެ ގޮތުގައި ކުރު ސްކާޓެއް ނުލައިގެން އެ ސްކޫލުގައި ކިޔަވާ މުސްލިމް ދަރިވަރަކަށް އެ ސްކޫލުން ފިޔަވަޅު އަޅައިފިއެވެ.

ޝިހާމް މަހްމޫދު ނަމަކަށް ކިޔާ 12 އަހަރުގެ މި އަންހެން ކުއްޖާ ސްކޫލަށް ދާއިރު ކުރު ސްކާޓެއްގެ ބަދަލުގައި ދިގު ސްކާޓެއް ލާތީ އެ ކުއްޖާ ކިޔަވަންދާ ސްކޫލުން ވަނީ ފާއިތުވި ޑިސެމްބަރު މަހުގެ ހުރިހާ ދުވަހަކު އެ ކުއްޖާ ގެއަށް ފޮނުވާލާފައެވެ. އަދި މިހާރު އެ ސްކޫލުން ވަނީ، "ސްކޫލަށް ހާޒިރުނުވާ" ކަމަށް ބުނެ އެ ކުއްޖާގެ މައިންބަފައިންނާއި ދެކޮޅަށް ޤާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.

ޝިހާމްގެ ބައްޕަ އިދްރީސް ހަމޫދު ބުނެފައިވާ ގޮތުގައި ކޮންމެ ދުވަހަކު އެ ކުއްޖާ ގެއަށް ފޮނުވާލުމަށްފަހު "ރަނގަޅު" ޔުނިފޯމު ލައިގެން އަންނަން ސްކޫލުން އަންގައެވެ. އެ ސްކޫލުގެ ޤަވާއިދު ހުއްދަ ކުރާ ގޮތުން އަންހެން ކުދިން ލާން ޖެހެނީ ދިގު ފަޓްލޫނު ނޫނީ ކުރު ސްކާޓެވެ. އެހެން ނަމަވެސް އިދްރީސް އެގޮތާއި ޤަބޫލު ނުވަނީ ދީނީ ގޮތުން އަންހެން ކުދިންނަށް އެފަދަ ހެދުންތައް ނޭޅޭނެތީއެވެ.

އިނގިރޭސި ނޫހަކަށް ދިން އިންޓަވިއުއެއްގައި ޝިހާމް ބުނެފައިވާ ގޮތުގައި، ސްކޫލުގެ އެ އަމަލު ސިފަ ކުރެވެނީ، އޭނާ ދީނީ ގޮތުން ޤަބޫލުކުރާ ޤަބޫލުކުރުމުގެ ސަބަބުން ކުރެވޭ ފުރައްސާރައެއްގެ ގޮތުގައެވެ. އަދި އެ ގޮތަށް ދިގު ސްކާޓާއި އެކު ޔުނިފޯމު އެޅުމުގެ ހުއްދަ ދޭންޖެހޭނެ ކަމަށް އޭނާ ޤަބޫލުކުރެއެވެ.

ޔޫރަޕުގެ ޤައުމުތަކުގައި ޤާނޫނީ ގޮތުން ތަފާތު ދީންތަކުގެ މީހުންނަށް ހަމަހަމަކަމާއި އެކު އުޅުމުގެ ފުރުސަތު އޮތް ނަމަވެސް މުސްލިމުންނާއި މެދު އިންތިހާއަށް ތަފާތު ކުރުން ގެންގުޅެއެވެ. މިގޮތުން ދާދި ފަހުން ފްރާންސުގައިވެސް ވަނީ އެ ޤައުމުގެ ވެރިރަށް ޕެރިހުގައި ހުންނަ ހަމައެކަނި މުސްލިމް ސްކޫލް ބަންދުކޮށްފައެވެ.

މި ލިއުމާއި ގުޅޭ