Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެލޭޝިޔާ

52 އަހަރުތެރޭގައި ފުރަތަމަ ފަހަރަށް މެލޭޝިޔާގެ ބަރުލަމާނު ސަސްޕެންޑުކޮށްފި

1969 ވަނަ އަހަރުފަހުން މެލޭޝިޔާގައި ފުރަތަމަ ފަހަރަށް ކުއްލި ހާލަތު އިއުލާންކޮށްފިއެވެ. އަދި މިއާއި އެކު މެލޭޝިޔާގެ ޤާނޫނު ހަދާ މަޖިލީސްވެސް ސަސްޕެންޑުވެއްޖެއެވެ.
މެލޭޝިޔާގައި ކުއްލި ހާލަތު އިއުލާންކުރި އެ ޤައުމުގައި ކޮވިޑު-19 ގެ ހާލަތު އިތުރަށް ގޯސްވަމުންދާތީއެވެ. މެލޭޝިޔާގެ ރަސްގެފާނު މިއަދު އިއުލާންކުރެއްވި ކުއްލި ހާލަތު 1 އޯގަސްޓުގެ ނިޔަލަށް ދެމި އޮންނާނެކަމަށް އެ ޤައުމުން ހާމަކޮށްފައެވެ.
ކުއްލި ހާލަތާއި އެކު އެ ޤައުމުގެ ސަރުކާރަށް ބޮޑެތި ބާރުތައް ލިބިގެންދާނެއެވެ. މިގޮތުން ޕްރައިވެޓް ހޮސްޕިޓަލްތައް ކޮންޓްރޯލް ކުރުމުގެ ބާރާއި، ފުލުހުން އަދި ސިފައިން ބޭނުންކޮށްގެން ކޮވިޑު-19 ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް އެޅުން ހިމެނެއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެލޭޝިޔާގެ ބޮޑުވަޒީރު މުހިއްޔިއްދީން ޔާސީން ވަނީ މުހިންމު ތަކެތީގެ އަގުތައް ކޮންޓްރޯލް ކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ. އަދި މެލޭޝިޔާގައި ބާއްވަން ތާވަލްކޮށްފައިވާ އިންތިހާބު ދެން ބާއްވާނީ ކޮވިޑު-19 އާއި ގުޅިގެން އިއުލާންކޮށްފައިވާ ކުއްލި ހާލަތު ނިމުމަކަށް އައުމުން ކަމަށްވެސް ވިދާޅުވިއެވެ.
ކުއްލި ހާލަތު އިއުލާން ކުރުމާއި އެކު މެލޭޝިޔާގެ ފައިސާގެ އަގުވަނީ ވެއްޓިފައެވެ. އަދި ހިއްސާގެ ބާޒާރުގައިވެސް ކުންފުނިތަކަށް ބޮޑެތި ގެއްލުންތައް ވަނީ ވެފައެވެ. މެލޭޝިޔާ އަކީ ގިނަ އަދަދަކަށް ދިވެހިންވެސް ދިރިއުޅޭ ޤައުމެކެވެ.
މެލޭޝިޔާގައި މިހާތަނަށް 138،244 މީހުންނަށް ކޮވިޑު-19 ޖެހިފައިވާއިރު އެ ބަލީގައި 555 މީހުން ވަނީ މަރުވެފައެވެ.
މި ލިއުމާއި ގުޅޭ