Wednesday 27th Jan 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓްރީ އޮފް ޓުއަރިޒަމް

މިއަހަރު އަލަށް 15 ރިސޯޓެއް ހުޅުވާނެ: ޓޫރިޒަމް މިނިސްޓްރީ

މިއަހަރު މުޅިން އަލަށް ރާއްޖޭގައި 15 ރިސޯޓެއް ހުޅުވަން ހަމަޖެހިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ މިކަމާ ގުޅޭގޮތުން "އަވަސް" ނޫހާ މަޢުލޫމާތު ހިއްސާކުރަމުން ކަމަށް އެނޫހުން ބުނެއެވެ. ނަމަވެސް ހުޅުވަން ތައްޔާރުވަމުންދާ ރިސޯޓުތަކުގެ ތަފްޞީލީ މަޢުލޫމާތު އެމިނިސްޓްރީން ދީފައި ނުވާކަމަށްވެސް އެނޫހުގައި ބުނެފައިވެއެވެ.

ތަފާތު އެކިި ގޮތްގޮތުން ލިބިފައިވާ މަޢުލޫމާތުގެ އަލީގައި، މިހާރު ރާއްޖޭގައި ފަތުރުވެރިކަމަށް ތަރައްޤީކުރަމުން ގެންދާ ގިނަ ރިސޯޓުތަކުގެ ތެރެއިން މަދުވެގެން 13 ރިސޯޓެއް އަލަށް ހުޅުވާނެކަމަށް ބެލެވެއެވެ.

މިހިނގާ 2021 ގައި އަލަށް ހުޅުވާ ބައެއް ރިސޯޓުތައް:

  • ސިޔާމް ވޯލްޑް
  • އެޑްރެސް މަޑިވަރު
  • މަނިޔަ ފަރު ރިސޯޓު
  • ގްރެން މެލިއާ ހުރަވީ
  • ދަ ޗީޑީ ކުޑަވިލިނގިލި
  • ކޮކޯގިރި އައިލެންޑް ރިސޯޓު
  • މަޑިފުށި ޕްރައިވެޓް އައިލެންޑް
  • ރިޒް ކާލްޓަން ފަރި އައިލެންޑްސް
  • ޕަޓިނާ މޯލްޑިވްސް ފަރި އައިލެންޑްސް
  • ޒެޒް އެސްކޭޕްސް މޯލްޑިވްސް ރިސޯޓު
  • ޓޮލާނޯ މޯލްޑިވްސް ކުނާ ވަށި ރިސޯޓު
  • ލެ މެރީޑިއާން މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ

އަލަށް ހުޅުވާ ރިސޯޓުތަކަށް ބަލައިލާއިރު ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިންތަކުގެ ބެލުމުގެ ދަށުން މެނޭޖުކޮށް، ހިންގާނެ އެންމެ މަތީ ފަންތީގެ 7 ރިސޯޓެއްވެސް ހިމެނެއެވެ. މިގޮތުން ޅ. އަތޮޅުގައި ތަރައްގީ ކުރާ "ލެ މެރީޑިއާން މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ" އަކީ މެރިއޮޓް އިންޓަނޭޝަަލްގެ ލަގްޜަރީ ބްރޭންޑް "ލެ މެރީޑިއާން" ގެ ނަމުގައި ރާއްޖޭގައި ހުޅުވާ ފުރަތަމަ ރިސޯޓެވެ. މި ރިސޯޓު ހުޅުވުމަށް ތާވަލު ކުރެވިފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

އަދިހަމައެއާއެކު "ރިޒް ކާލްޓަން ފަރި އައިލެންޑްސް" މި ރިސޯޓުވެސް މެރިއޮޓް ހޮޓެލް ޗެއިނުން ރާއްޖޭގައި ތަރައްޤީކުރާ ލަގްޜަރީ ރިސޯޓުތަކުގެ ލިސްޓުގައި ހިމެނޭނެއެވެ. "ދަ ޗީޑީ ކުޑަވިލިނގިލި" މި ރިސޯޓަކީ ޖީއެޗްއެމް ހޮޓެލްސްގެ ދަ ޗީޑީ ބްރޭންޑުގެ ރިސޯޓެވެ. މި ރިސޯޓުގައި މޫދުގެ 36 ވިއްލާއާއި 63 އައިލެންޑް ވިއްލާއާއެކު ޖުމްލަ 99 ވިއްލާ ހުންނާނެއެވެ.

ތަފާސް ހިސާބުތަކުން އެނގޭ ގޮތުން މިދިޔަ 2020 ވަނަ އަހަރު ރާއްޖޭގައި ހުޅުވާފައިވަނީ 5 ޓޫރިޒަމް ޕްރޮޕަޓީއެވެ. މިދިޔަ އަހަރު ހުޅުވާފައިވާ ޓޫރިޒަމް ޕްރޮޕަޓީތަކުގެ ޢަދަދު މަދުނަމަވެސް، ގިނަ ޢަދަދެއްގެ ރަށްތަކެއްގައި ވަނީ ފަތުރުވެރިކަމަށް ހުޅުވާލުމަށް ތަރައްޤީ ކުރަމުންނެވެ. މިގޮތުން މާލެ އަތޮޅުގެ ބޮޑެތި ފަޅުތައް ހިއްކައިގެން ތަރައްޤީ ކުރާ ރިސޯޓުތައް ހިމެނެއެވެ. ރާއްޖޭގައި މިހާރު ނުހެދި 85 ރިސޯޓެއް އެބައޮތެވެ. އަދި ސަރުކާރުން ވަނީ މިރިސޯޓުތައް ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުމަށް މަގުފަހުކޮށްދިނުމުގެ ގޮތުން ޓޫރިޒަމް ޤާނޫނު އިސްލާޙު ކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގައި ފުރަތަމަ ފަހަރށް 3 ރަށް ހިމެނޭ ގޮތަށް ޓޫރިޒަމް ތަރައްޤީކުރަން މިސަރުކާރުން ހުޅުވާލައިފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.

މި ލިއުމާއި ގުޅޭ