Sunday 17th Jan 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ

ބަރަހަނާ ފޮޓޯތަކެއްގެ ބޭނުމުގައި އިންޑިޔާ މީހަކު ޕާކިސްތާނަށް ޖާސޫސްކޮށްދީފި

އަންހެނުންގެ ބަރަހަނާ ފޮޓޯތަކެއް ދިނުމާއެކު ޝަހުވަތްތެރި ވާހަކަ ދެއްކުމުން މުހިއްމު ނުރައްކާތެރި ބައެއް މައުލޫމާތު ޕާކިސްތާނުގެ ޖާސޫސީ އިދާރާއާ ހިއްސާކުރި ކަމަށް ރާޖިސްތާނުން ހައްޔަރުކުރި އިންޑިޔާ މީހަކު ބުނެފިއެވެ.

އުމުރުން 42 އަހަރުގެ ސަތުޔަނަރަޔަން ޕަލިވާލަކީ ޖައިސަލްމާރުގެ ލަތީ ނަމަކަށް ކިޔުނު އަވަށުގައި ދިރިއުޅޭ މީހެކެވެ. އޭނާ ފާއިތުވި ހަފުތާގައި ހައްޔަރުކޮށްފައިވަނީ ރަސްމީ ސިއްރުތަކާ ބެހޭ ޤާނޫނުގެ ދަށުންނެވެ. އޭނާއަށް ކުރެވޭ ތުހުމަތަކީ އިންޑީޔާއާ ދެކޮޅަށް ޖާސޫސްކުރުމުގެ ތުހުމަތެވެ.

ތަހުގީގުގައި ވާހަކަދައްކަމުން ޕަލިވާލް ބުނެފައިވަނީ ޕާކިސްތާނުގެ ޖާސޫސީ އިދާރާގެ ފަރާތުން އޭނާއާ ވާހަކަދެއްކި އަންހެނުން ވަރަށް ގިނައިން ބަރަހަނާ ފޮޓޯ އޭނާއަށް ފޮނުވާ ކަމަށެވެ. އޭގެ ބަދަލުގައި ބޯޑަރު ސަރަހައްދުގައި އިންޑިޔާ އަސްކަރިއްޔާއިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ މައުލޫމާތު ފޯރުކޮށްދިން ކަމުގައިވެސް އޭނާ ބުންޏެވެ.

އަދި އިތުރު ފޮޓޯއާއި ދެމިގެންދާ ގޮތަށް ވާހަކަދެއްކުމުގެ ދަހިވެތިކަމުގައި، އިންޑިޔާގެ އަސްކަރިއްޔާއާ ގުޅޭ އިތުރު ހައްސާސް މައުލޫމާތު ހިއްސާކުރި ކަމުގައިވެސް އޭނާ ތަހުގީގުގަށް ދިން ބަޔާނުގައި ބުނެފައިވެއެވެ. އަދި މި އަންހެނުންނާ އޭނާ މުއާމަލާތްކުރީ ސޯޝަލް މީޑިޔާގައި ބޭނުންކުރާ ފޭކު އެކައުންޓެއް މެދުވެރިކޮށް ކަމުގައިވެސް އޭނާ ބުންޏެވެ.

އޮފިޝަލުންނާ ހަވާލާދީ އިންޑިޔާ ޓުޑޭ ނޫހުގައި ބުނެފައިވަނީ ޕަލިވާލް ހައްޔަރުކުރިއިރު އޭނާގެ ފޯނުގައި އިންޑިޔާގެ އަސްކަރިއްޔާއާ ގުޅުންހުރި އަސްކަރީ ލިޔުންތަކެއް ހުރި ކަމަށެވެ.

މި ލިއުމާއި ގުޅޭ