Wednesday 27th Jan 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)

ޓެކުހާ ގުޅޭ ޒިންމާތައް އަދާކުރުން ފަސޭހަކުރުމަށް އައު އުޞޫލެއް

ޓެކުހާ ގުޅިގެން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުން ފަސޭހަކުރުމުގެ ގޮތުން އައު ސިޔާސަތެއް މޯލްޑިވް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން އެކުލަވައިލާ ޢާންމުކޮށްފިއެވެ.

މީރާއިން ބުނި ގޮތުގައި އެ އިދާރާއިން ތަޢާރަފުކުރި "ކޮމްޕްލަޔަންސް އިމްޕްރޫވްމެންޓު" ޕޮލިސީއަކީ ޓެކުސް ޤާނޫނަށް ތަބާވާންޖެހޭ ފަރާތްތަކަށް އެ ފަރާތްތަކުގެ އަމިއްލަ އިޚުތިޔާރުގައި ޤާނޫނަށް ތަބާވުމާއި އަދާކުރަންޖެހޭ އިލްތިޒާމުތައް އަދާކުރުން ފަސޭހަކޮށްދިނުމުގެ ގޮތުން އެކުލަވައިލާފައިވާ އުޞޫލެއް ކަމުގައެވެ.

މީރާއިން ބުނި ގޮތުގައި އެ އިދާރާގެ އުންމީދަކީ މި އުޞޫލާއެކު ޓެކުސް ޤާނޫނަށް ތަބާވާ މިންވަރު އިތުރުވުމެވެ. އަދި މި އުޞޫލުގެ ސަބަބުން ޓެކްސް ޤާނޫނާ ޚިލާފުވާ މިންވަރު މަދުވާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް މީރާއިން ބުންޏެވެ.

މި ސިޔާސަތު ތަޢާރަފުކުރުމުގެ އިތުރަށް މި އަހަރަށް ޚާއްޞަކޮށްގެން ޤާނޫނަށް ތަބާވާ މިންވަރު އިތުރުކުރުމުގެ ގޮތުން "ކޮމްޕްލަޔަންސް އިމްޕޫވުމެންޓް" ޕްލޭނެއްވެސް މީރާއިން ތަޢާރަފުކޮށްފައިވެއެވެ. އެ ޕްލޭނުގައި މި އަހަރަށް މައިގަނޑު ހަތަރު ކަމެއް ރާވާފައިވެއެވެ.

އެގޮތުން ކޮވިޑް-19އާ ގުޅިގެން ޓެކުސް އުޞޫލުތަކަށް ތަބާވުމަށް ހުރި ހުރި ހުރަސްތައް ނައްތައި އެކަމުގައި ކުރިމަތިވާ ނޭދެވޭ އަސަރުތައް ކުޑަކުރުމާއެކު، އާމްދަނީން ނަގާ ޓެކުސް ދައްކާ ފަރާތްތަކަށް އިލްތިޒާމުތައް އަދާކުރުމަށް ފަސޭހަވާނެ ގޮތަށް މަގުފަހިކުރުން ހިމެނެއެވެ.

މީރާއިންދަނީ ޓެކުސް ޤާނޫނުގެ ދަށުން އަދާކުރުން ލާޒިމުވާ އިލްތިޒާމުތައް އަދާކުރުމުގައި ޓެކުސް ދައްކާ ފަރާތްތަކަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތްކުރަމުންނެވެ.

މި ލިއުމާއި ގުޅޭ