Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.ޖަމީލު

އައްޑޫގައި އެމްޑީޕީގެ ހަމައެކަނި ރަމްޒަކީ ވީރާނާކަން: ޑރ.ޖަމީލު

އެމްޑީޕީގެ މޭޔަރާއި އެ ޕާޓީގެ އަޣުލަބިއްޔަތު އޮންނަ ކައުންސިލާއެކު އައްޑޫ މުޅި ދުނިޔެއަށް ހުޅުވޭނެ ކަމުގައި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމުން ރާއްޖޭގެ ކުރީގެ ނައިބުރައީސް ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ރައްދުދެއްވައިފިއެވެ.
ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވައި ކުރެއްވި ޓުވީޓެއްގައި ޑރ.ޖަމީލު ވިދާޅުވީ ކޮންމެ އިންތިޚާބަކަށްވެސް އެމްޑީޕީން ޖަހަނީ އެއް ބެރެއް ކަމުގައެވެ. އަދި ކިޔަނީ އެއް ލަވައެއް ކަމުގައެވެ. އެހެންނަމަވެސް ފާއިތުވި ދެ އަހަރު މުޅި ޤައުމު ފަޤީރުވީ ކަމަށް ވިދާޅުވެ، ރާއްޖޭގެ ބޮލަކަށް ޖެހޭ އަމްދަނީ 10،000 ޑޮލަރުން 6،000 ޑޮލަރަށް ތިރިވި ޚަބަރުގެ ސްކްރީން ޝޮޓެއް އެމަނިކުފާނު ހިއްސާ ކުރެއްވިއެވެ.
އަދި ޑރ.ޖަމީލު ވިދާޅުވީ ފާއިތުވި ދެ އަހަރު އައްޑޫއަށް އެންމެ ލާރިއެއްވެސް ނުލިބޭ ކަމަށެވެ. ވަޒީފާ ގަނޑެއްވެސް އައްޑޫ ބޭފުޅަކަށް ނުދެއްވި ކަމަށާއި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ޢާއިލާ ބޭފުޅުންނަށް ހުރިހާ މަޤާމެއް ދެއްވައި ޢާއިލާގެ ތެރޭގައި ނުފޫޒު އިތުރުކުރައްވާފައިވާ ކަމުގައިވެސް ޑރ.ޖަމީލު ވިދާޅުވިއެވެ.
އަދި އޭގެ އިތުރަށް ޑރ.ޖަމީލު ވިދާޅުވީ ޕާޓީގެ ބޮޑުން އަދި ސަރުކާރާއި މަޖިލިހުގެ މުހިއްމު އެއްވެސް މަޤާމެއް އައްޑޫ ރައްޔިތަކަށް އަދި ޢާންމު މީހަކަށް ދޫނުކުރި ކަމަށެވެ. އައްޑޫން މިއަދުވެސް ފެންނަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނުގެ ތަރައްޤީ ކަމުގައި ޑރ.ޖަމީލު ވިދާޅުވިއެވެ.
އަދި އައްޑޫއިން ފެންނަ އެމްޑީޕީގެ ހަމައެކަނި ރަމްޒަކީ ވީރާނާކުރުމާއި އައްޑޫގައި ލަންކާ ބަޔަކު ހިންގާ ފްލައިން ސުކޫލު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ