Sunday 7th Mar 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވެމްކޯ

ފަޅަށް ކުނި އަޅައިގެން ވެމްކޯ 1 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

ތިލަފުއްޓަށް ކުނި އުފުލުމުގެ ތެރޭގައި އެތައް ފަހަރެއްގެ މަތިން ފަޅަށް ކުނި އަޅައިގެން ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަން (ވެމްކޯ) އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
ވޭސްޓު މެނޭޖުމެންޓުގެ ޤަވާޢިދުގެ ދަށުން އިއްޔެ 1.1 މިލިއަން ރުފިޔާއިން ވެމްކޯ ޖޫރިމަނާކުރިކަން މިއަދު އެންވަޔަރަމެންޓު ޕްރޮޓެކްޝަން އެޖެންސީން ހާމަކުރީ އެ އިދާރާއިން ކުރި ޓުވީޓެއްގައެވެ.
ވެމްކޯއަކީ ކުނި އެއްކޮށް ޖަމާކޮށް ނައިތައިލުމުގެ މަސައްކަތްކުރުމަށް ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނު އުފެއްދެވި ކުންފުންޏެކެވެ. އެ ކުންފުނިން މިހާރު ކުނި އުކައިދިނުމުގެ ޚިދުމަތް ދެނީ ސިޓީތަކުގައި އެކަންޏެވެ. އެއީ އައްޑޫ އަދި ފުވައްމުލައް ސިޓީގެ އިތުރަށް މާލެ ސަރަހައްދެވެ.
2015 ވަނަ އަހަރު ވެމްކޯގެ މަސައްކަތްތައް ފެށުމާއެކު މާލޭގައި ކުނި އެއްކުރުމާއި އުކައިލުމުގެ މަސައްކަތްކުރާނެ ނިޒާމެއް ޤާއިމުކޮށް، ވެހިކަލުތަކާއެކު ކުނި އެއްކުރުމުގެ މަސައްކަތް އެ ކުންފުނިން ފެށިއެވެ. އަދި ބައިސްކަލުގައި ކުނި އުފުލުން ސަރުކާރުން މަނާކުރިއެވެ.
މި ލިއުމާއި ގުޅޭ