Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް

ވަރު އައިލެންޑް ރިސޯޓުގައި ރޯވި އަލިފާންގަނޑު ސިފައިން ނިއްވައިފި

ވަރު އައިލެންޑް ރިސޯޓުގައި ރޯވި އަލިފާންގަނޑު އެމްއެންޑީފްގެ ފަޔާ އެންޑް ރެސްކިއުގެ ފަޔާމެނުން ނިއްވާލައިފިއެވެ.
ރޭ ދަންވަރު މާލެ އަތޮޅުގައި ހިންގާ ވަރު އައިލެންޑް ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްއަށް ރިޕޯޓުކުރި މެންދަމު 2.45 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ސިފައިން އެންމެ ފުރަތަމަ މައުލޫމާތު ދެއްވި ގޮތުގައި ރޯވީ ގުދަނެއްގައެވެ. ނަމަވެސް ފަހުން އެމްއެންޑީއެފުން ހާމަކުރެއްވި ގޮތުގައި އަލިފާނުގެ ހާދިސާ ހިނގީ އެ ރަށުގައި ހުންނަ ވަޑާން ގޭގައެވެ.
އެ އަލިފާނުގެ ޙާދިސާއާ ގުޅޭ މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފްގެ ފަޔާ ލޯންޗެއް އެ ރަށަށް ދަތުރުކުރިއެވެ. 3.50 ހާއިރު އެ ރިސޯޓާ ހަމައަށް ފަޔާ ލޯންޗަށް ދެވޭނެ ކަމުގައި ލަފާކުރެވޭ ކަމަށް އެންއެންޑީއެފުން ރޭ ބުނެފައިވެއެވެ. ކޮންމެއަކަސް ފަޔާމެނުން އެ ރަށަށް ގޮސް އަލިފާން ނިއްވައިލުމުގެ މަސައްކަތްކުރިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި ފަތިހު 5.30 ހާއިރު އެ އަލިފާން ނިއްވައިލެވުނެވެ. އެ ޙާދިސާގައި އަލިފާން ރޯވި ވަޑާންގެއާއި އެތަނާ އިންވެގެން ހުރި ސްޓާފް ކުއާޓާސް ދެން ބޭނުންނުކުރެވޭ މިންވަރަށްވަނީ ހަލާކުވެފައެވެ. ނަމަވެސް އެ ސަރަހައްދުގައި ހުރި ގުދަންތަކުގެ ތެރެއިން އެއްވެސް ގުދަނަކަށް ގެއްލުމެއް ނުވެއެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެއެވެ.
މި އަލިފާނުގެ ހާދިސާގައި އަލިފާންގަނޑު ނިއްވައިލުމުގައި ރީތިރަށް ރިސޯޓުން އެހީތެރިކަން ދިންކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
މި ލިއުމާއި ގުޅޭ