އާސަނަލްގައި ހޭދަކުރި ވަގުތަކީ އުފާވެރި ވަގުތުތަކެއް ކަމުގައި އެ ޓީމުގެ ހުނަރުވެރި މިޑްފީލްޑާ މެސޫތު އޮޒިލް ބުނެފިއެވެ. އޭނާ ބުނީ ފާއިތުވި މަދު ހަފުތާތަކަކީ އުދަގޫ ހަފުތާތަކެއް ކަމުގައިވީ ނަމަވެސް ޖުމްލަކޮށް އާސެނަލްގައި ހޭދަކުރި ވަގުތުތަކަކީ ހިތްހަމަޖެހުނު ވަގުތުތަކެއް ކަމުގައެވެ.
އާސެނަލް ދޫކޮށް އެހެން ޓީމަކަށް އޮޒިލް ދިއުން ވަރަށް ގާތް ކަމުގައި ބެލެވޭއިރު އޭނާ ބުނެފައިވަނީ އެ ޓީމާ ގުޅެވުމަކީ އޭނާ ހިތާމަކުރާ ކަމެއް ނޫން ކަމަށެވެ. އަދި އެއީ އެކަމެއް ނުކުރެވުނުނަމައޭ ހިތަށް އަރާ ކަމެއްވެސް ނޫން ކަމުގައި އޭނާ ބުންޏެވެ.
އޮޒިލް އާސެނަލާ ގުޅުނީ 2013 ވަނަ އަހަރުގައެވެ. ނޫސްތަކުން ރިޕޯޓުކުރި ގޮތުގައި އާސަނެލަށް އޭނާ ދިޔައީ 42.5 މިލިއަން ޕައުންޑު ނުވަތަ 57.5 މިލިއަން ޑޮލަރުގެ އަގަކަށެވެ.
އާސަނަލާ މައްސަލަތަކެއް ޖެހި ޓީމުން އޭނާ އެކަހެރިކުރުމާ ހަމައަށްވެސް އާސަނެލްގައި އޮޒިލްއަކީ މުހިއްމު ކުޅުންތެރިޔެކެވެ. އެގޮތުން އެ ޓީމާއެކު 3 އެފްއޭ ތައްޓާއި ކޮމިއުނިޓީ ޝީލްޑް ތައްޓަކާއި، 2015-2016 ގައި އެ ކުލަބުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް އޮޒިލް ހޯދިއެވެ.