Wednesday 27th Jan 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދީން

ކުރުކޮށް ފޮނިކޮށް: ފަރަންސޭސި ސެކިއުލަރިޒަމަކީ ކޮބާ؟

ފަރަންސޭސިވިލާތުގައި ދޭތެރެއަކުން ހަރުކަށި ފިކުރުމުގެ މުސްލިމަކު ހިންގާ އަމަލަކާ ގުޅިގެން ނުވަތަ ފަރަންސޭސި ލިބަރަލް މީހުން ކުރާ ކޮންމެވެސް ކަމަކާ ގުޅިގެން ދުނިޔޭގެ ނޫސްތަކުގެ ފަލަ ސުރުޚީއަށް ފަރަންސޭސި ސެކިއުލަރިޒަމް ނުވަތަ ލައިސަޓޭގެ ވާހަކަ އަރައެވެ. މައްސަލަތަކުގެ ހައްލަކީ ލައިސަޓޭ ކަމުގައި އެއްބަޔަކު ބުނާއިރު އަނެއް ބަޔަކު ބުނަނީ މައްސަލަތަކުގެ މުލުގައިވަނީ ލައިސަޓޭ ކަމަށެވެ.

ފަރަންސޭސި ޤާނޫނު އަސާސީގެ ފުރަތަމަ މާއްދާގައި ފަރަންސޭސި ޖުމްހޫރިއްޔާ ޞިފަކޮށްފައިވަނީ ބައިބައިނުކުރެވޭ، "ލައިކް" ދީމުގުރާތީ އަދި އިޖުތިމާޢީ ދައުލަތެއް ކަމުގައެވެ. އެ ތަނުގައި ބޭނުންކޮށްފައިވާ laïque މި ބަހަކީ ތަރުޖަމާކުރަން ފަސޭހަ ބަހެއް ނޫނެވެ. ނަމަވެސް މި ބަހަކީ ފަރަންސޭސި ލައިސަޓޭގެ އަސާސްތައް އެ ބަހެއްގައި އެކުލެވޭ ބަހެވެ. އެއީ ފަރަންސޭސިވިލާތުގެ ތާރީޚާއި އެ ޤައުމުގެ ޝަޚުޞިއްޔަތުގެ މަދުގައި އޮންނަ އެއް ފިކުރާ ނުވަތަ ޚިޔާލެވެ.

ތާރީޚީ ގޮތުން ބަލާއިރު ލައިސަޓޭގެ މަފުހޫމު އުފަންވެގެން އައީ ކެތޮލިކް ފައްޅިން މިނިވަންވުމަށް ފަރަންސޭސިން ކުރި މަސައްކަތުގެ ތެރެއިންނެވެ. މި މަސައްކަތުގެ ތެރޭގައި 19 ވަނަ ޤަރުނުގައި ގަދަކަމުން ދީނީ މަދުރަސާތައް ބަންދުކުރިއެވެ. ފައްޅިތައް ތަޅުއެޅުވިއެވެ. އެތައްހާސް ފާދިރީންނެއް ފަރަންސޭސިވިލާތް ދޫކޮށް ފިލިއެވެ. ފަރަންސޭސި ޤައުމީ މަޖިލިހުގެ ސޯޝަލިސްޓު މެންބަރެއް ކަމުގައިވާ ރެނޭ ވިވިއާނީ ބުނެފައިވަނީ މިހާރު އަހަރުމެން އިންސާނާގެ ޟަމީރު ޢަޤީދާގެ ވަކިތަކުން މިނިވަންކޮށްފީމު ކަމަށެވެ.

މި މަބްދައުގެ ދެ ބޭނުމެއް އޮވެއެވެ. އެއީ ޒާތީ ގޮތުން ދީން ޕްރެކްޓިސްކުރުމުގެ މިނިވަންކަން ހިމާޔަތްކޮށް ނެގެހެއްޓުމެވެ. އަނެއް ބޭނުމަކީ ޢާންމު އެއްވެސް ކަމެއްގެ ތެރެއަށް ދީނީ ކަންކަން ވަނަނުދިނުމެވެ.

ޕެރިހުން އުތުރުގައި އޮންނަ ކްރެއިލް ކިޔާ ރަށެއްގެ ސުކޫލެއްގައި ކިޔަވަން އުޅުނު ބުރުގާއެޅި ތިން ދަރިވަރަކު ސަސްޕެންޑުކުރި ހިސާބުން ފަރަންސޭސި ލައިސަޓޭ ނުވަތަ އަލްމާނިއްޔަތާމެދު ބަހުސްތައް ފެށުނެވެ. މިފަހަރު ބަހުސްގައި އަލިއަޅުވައިލެވުނީ ފަރަންސޭސި ދައުލަތާއި އިސްލާމްދީނާ އޮތް ގުޅުމަށެވެ. މުސްލިމުންނަށް ދީނަކީ ހަމައެކަނި ފަރުދީ ދާއިރާގެ ތެރޭގައި ހިފަހެއްޓިފައި އޮންނަ ޒާތީ ކަމެއް ނޫނެވެ. އެއީ އިޖުތިމާޢީ ޙަޔާތުގެ ބައެކެވެ. މި އިޢުތިޤާދާއި ފަރަންސޭސި ލައިސަޓޭގެ މެދުގައި ފުށުއެރުމެއް ނެތުމަކީ މުސްތަޙީލު ކަމެކެވެ.

އެގޮތުން 2004 ވަނަ އަހަރު ހެދި ބައެއް ޤާނޫނުތަކުން ސުކޫލުތަކާއި އާންމު މުއައްސަސާތަކަށް ބުރުގާ އަޅަައިގެން ދިއުން މަނާކުރިއެވެ. 2010 ވަނަ އަހަރުގައި އާންމު އެއްވެސް ތަނެއްގައި މޫނުބުރުގާ އެޅުން މަނާކުރިއެވެ.

ސެކިއުލަރިޒަމްގެ ނިހާއީ މަންޒިލަކީ ފަރަންސޭސި ލައިސަޓޭއެވެ. ދީނަށް ޖަމާޢަތުގައި ދައުރެއް ނެތުމާއި ޢާންމު ތަނެއްގައި ދީނުގެ ރަމްޒެއް ފެންނަން ހުރުންވެސް މަނާކުރުމެވެ. ތުރުކީއާއި ތޫނިސް ފަދަ މުސްލިމު ޤައުމުތަކުގައި މިކަން މިގޮތަށް ތަޖުރިބާކުރެވިފައިވެއެވެ. ސެކިއުލަރިޒަމް ފެށިގެން އައިސްފައިވަނީ ދީނީ މުއައްސަސާތަކެއްގެ ޚުދުމުޚުތާރުކަމާ ދެކޮޅަށެވެ. ނަމަވެސް ނިމިގެން ގޮސްފައިވަނީ ދީނުން މިންޖުވެ، ދީނުގެ ހިފަހެއްޓުންތައް އެކީ ފަނާކޮށްލައިގެންނެވެ.

މި ލިއުމާއި ގުޅޭ