Wednesday 27th Jan 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކާނާ

ފަލަވެދާނެ ކަމުގެ ބިރެއް ނެތި ކެވިދާނެ 11 ކާނާއެއް

ފަލަވުމުގެ ބިރެއް ނެތި، ބަރުދަން އިތުރުވެދާނެތީ ޖެހިލުންވުމެއްނެތި ކެވިދާނެ ކާނާއަކީ ކޮބާ ހެއްޔެވެ؟ ބަރުދަން ލުއިވުމުގެ ސިއްރަކީ ކޮބާ ހެއްޔެވެ؟ މިއީ އަހަރުމެންކުރެ ކޮންމެ މީހަކުވެސް ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި އަމިއްލަ ނަފުސާ ނަމަވެސް ކޮށްފައިވާނެ ސުވާލުތަކެވެ. މިއަދު އޮތީ ފުރަތަމަ ސުވާލުގެ ޖަވާބަށް އަލިއަޅުވައިލުމެވެ.

ބައެއް ކާނާއަކީ އެ ކާނާގައި ގިނަ އަދަދަކަށް ފައިބާ އެކުލެވޭ ކެލޮރީސް މަދު ކާނާއެވެ. އެފަދަ ކާނާއަކީ ހިފަހެއްޓުމެއްނެތި ކެވިދާނެ ކާނާއެވެ. އެއީ އެފަދަ ކާނާއަކީ އެއިން ހައިހޫނުކަން ފިލުމާއެކު ބަރުދަން އިތުރުވުމުގެ ބިރެއް ނެތް ކާނާއަށްވާތީއެވެ.

އޭގެ ތެރެއިން ބައެއް ކާނާއަށް މި ލިޔުމުގައި އަލިއަޅުވައިލާނަމެވެ.
1- ކެބެޖު: ތައްޓެއްގެ ކޮށާފައި ހުންނަ ކެބެޖުގައި ހުންނާނެ ކަމަށް ލަފާކުރެވެނީ 22 ކެލަރީއެވެ.
2- ބްރޮކްލީ: ތައްޓެއްގެ ކޮށާފައިވާ ބްރޮކްލީގައި ހުންނާނެ ކަމަށް ބެލެވެނީ 31 ކެލަރީއެވެ.
3- ކޯލީފްލާ: ތައްޓެއްގެ ކޮށާފައި ހުރި ކޯލާ ފުލާގައި ހުންނާނެ ކަމަށް އަންދާޒާކުރެވެނީ 27 ކެލަރީއެވެ.

އެމެރިކާގެ ވެބްސައިޓެއް ކަމުގައިވާ ބްރައިޓް ސައިޑް ވެބްސައިޓުގައި ބުނެފައިވަނީ ކުރިން މި ބުނި ތިން ބާވަތުގެ ކާނާއަކީ ފަލަވުމާއި ބަރުދަން އިތުރުވުމާ ދެކޮޅަށް އެހީވާނެ ތިން ބާވަތުގެ ކާނާ ކަމުގައެވެ. ނަމަވެސް އެ ތަކެތި ކާންޖެހެނީ އެކަންޏެއް ނޫނެވެ. ހަފުތާގެ ކޮންމެ ދުވަހެއްގައިވެސް ސުފުރާއަށް ނަގާ ކާތަކެތިން އެ ބާވަތްތަކަށް ޖާގަ ދިނުމަކީ ބޭނުންތެރި ކަމެއް ކަމުގައި އެ ސައިޓުގައި ބުނެފައިވެއެވެ.

4- ސެލެރީ: ސެލެރީގެ %95 އަކީ ފެނެވެ. އިތުރުވާ ބަރުދަން ލުއިކުރުމަށް ސެލެރީން އެހީވެއެވެ. އަދި ސެލެރީއަކީ ކުޑަކަމުދިޔުމަށް އެހީވާ އެއްޗެއްވެސްމެއެވެ.

5- ބަށި: ބައްޓެއްގެ ފަޅިއެއްގައި ހުންނާނެ ކަމަށް އަންދާޒާވަނީ 20 ކެލަރީއެވެ. އެހެންކަމުން ތެލާ ނުލައި ބަށި ފިހެގެން ކެއުމަށް މާހިރުން ލަފާދެއެވެ. އެއިރުން އެއްވެސް ހިފަހެއްޓުމެއް ނެތި މި މީރު ތަރުކާރީގެ މީރު ރަހަ ތަޖުރިބާކުރެވިދާނެއެވެ.

6- ކަރާ: ކަރައަކީ އެއިން ފަޅިވަރެއްގައި 46 ކެލަރީ ހުންނާނެ ކަމުގައި ބެލެވޭ މޭވާއެކެވެ.
7- ސްވީޓް މެލަން/ ރޮކްމެލަން: މިބާވަތުގެ މޭވާގެ ފަޅިއެއްގައި ހުންނާނެ ކަމަށް ބެލެވެނީ 53 ކެލަރީއެވެ. މިއީ ކޮންމެ ދުވަހެއްގައިވެސް ކައިލަން ރަނގަޅު ދެ މޭވާއެވެ. ބަޑުފުރި ހައިކަން ފިލިކަމުގެ އިހުސާސް މި މޭވާއިން ލިބެއެވެ.

8- ޒުކީނީ: ކޮށާފައި ހުންނަ ޒުކީނީ ޖޯޑެއްގައި 20 ވަރަކަށް ކެލަރީ ހުންނާނެ ކަމުގައި ބެލެވެއެވެ. އެއީ އާންމުކޮށް ތައްޔާރުކުރާ ކެއުންތަކުގައި ބޭނުންކުރެވޭނެ މީރު ތަރުކާރީއެކެވެ.

9- ކެރޮޓު: ކެރޮޓަކީ ތިބާގެ ހައިކަން ފިލާ މިންވަރަށް ގެއްލުމެއް ލިބުމެއް ނެތި ކައިލެވޭނެ ތަރުކާރީއެކެވެ. ތައްޓެއް ނުވަތަ ޖޯޑެއްގެ ކޮށާފައިވާ ކެރޮޓުގައި ހުންނާނެ ކަމަށް ލަފާވަނީ ގާތް ގަނޑަކަށް 16 ކެލަރީއެވެ.

10- ޕްލަމް: ކޮންމެ ޕްލަމްއެއްގައި ހުންނާނެ ކަމުގައި ބެލެވެނީ ގާތްގަނޑަށް ތިރީހަކަށް ކެލަރީއެވެ.
11- ސްޓޯބެރީ: ތައްޓެއްގެ ސްޓޯބެރީގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކެލަރީގެ ޢަދަދަކީ ގާތްގަނޑަކަށް 47 ކެލަރީއެވެ.

މި ލިއުމާއި ގުޅޭ