Sunday 17th Jan 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވޯލްޑް ބޭންކް

ދުނިޔޭގެ އިޤްތިސާދު މިއަހަރު ކުރިއަރާނީ 4 އިންސައްތަ: ވޯލްޑް ބޭންކް

ދުނިޔޭގެ އިޤްތިސާދު މިއަހަރު ކުރިއަރާނީ 4 އިންސައްތައިގައި ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.

ވޯލްޑް ބޭންކުން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި މިއަހަރު ދުނިޔޭގެ އިޤްތިސާދު 4 އިންސައްތައިން ކުރިއަރާނެ ކަމަށް ލަފާކުރެވެއެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް އިޤްތިސާދު ކަމުގައިވާ ޗައިނާ ގެ އިޤްތިސާދު 7.9 އިންސައްތާގައި ފުޅާވާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފައިވެއެވެ. އަދި އެމެރިކާ ބައްރާއި ޔޫރަޕުގެ 3.5 އިންސައްތައިން އިތުރުވާނެކަމަށްވެސް ލަފާކޮށްފައިވެއެވެ.

2021 ވަނަ އަހަރު ނިމޭއިރުވެސް އިޤްތިސާދު ކުރިއަރާފައި ހުންނާނީ ކޮވިޑު-19 ބަލިމަޑުކަމުގެ ކުރިން މިއަހަރުގެ އިޤްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރި މިންވަރަށްވުރެ 4.4 އިންސައްތަ ދަށުގައި ކަމަށް ވޯލްޑް ބޭންކުން ބުނެފައިވެއެވެ. އަދި ކޮވިޑު-19 ވެކްސިނޭޝަން ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަކީ ދުނިޔޭގެ އިޤްތިސާދު ހީނަރުކަމުން އަރައިގަންނަން މުހިންމު ކަމެއް ކަމުގައިވެސް ވޯލްޑް ބޭންކުން ބުނެފައިވެއެވެ.

ކޮވިޑު-19 އާއި ގުޅިގެން މުޅި ދުނިޔޭގެ އިޤްތިސާދުވެސް ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އަދި އިޤްތިސާދުތަކަށް ލިބުނު ގެއްލުން ފޫބައްދަން އަހަރުތަކެއް ނަގާނެކަމަށް މީގެ ކުރިންވެސް ވޯލްޑް ބޭންކުން ލަފާކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ