Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ނަޝީދު

އެމްޑީޕީ މޭޔަރާއި ކައުންސިލާއެކު އައްޑޫ މުޅި ދުނިޔެއަށް ހުޅުވޭނެ: ރައީސް ނަޝީދު

ވެރިކަންކުރާ އެމްޑީޕީއަށް ނިސްބަތްވާ މޭޔަރަކާއި، އެމްޑީޕީއަށް އަޣުލަބިއްޔަތު އޮތް ކައުންސިލެއް އައްޑޫގައި އޮވެއްޖެނަމަ، އައްޑޫ މުޅި ދުނިޔެއަށް ހުޅުވިގެންދާނެ ކަމުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ އައްޑޫ ސިޓީގެ މޭޔަރުކަމަށް އިދިކޮޅުން ވާދަކުރައްވާ ކެނޑިޑޭޓަށް އައްޑޫގެ މޭޔަރުކަން ލިބިއްޖެނަމަ، އައްޑޫގައި އިންޑިޔާއިން އަޅާފައިވާ ފުލުސް އެކަޑެމީ ސިޓީ ހޮޓަލަކަށް ބަދަލުކުރައްވައި ފަތުރުވެރިކަމަށް އެ އިމާރާތް ބޭނުންކުރަން މަސައްކަތްކުރާނެ ކަމުގައި ވިދާޅުވުމުން ކުރެއްވި ޓުވީޓެއްގައެވެ.
އައްޑޫގެ މޭޔަރުކަމާއި ކައުންސިލު އެމްޑީޕީއަށް ލިބިއްޖެނަމަ މުޅި ދުނިޔެއާ އައްޑޫ ގުޅިގެން ހުޅުވިގެންދާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއިރު، މިހާރުވެސް އައްޑޫގެ މޭޔަރަކީ އެމްޑީޕީގެ މެންބަރެކެވެ. އަދި އައްޑޫ ސިޓީ ކައުންސިލުގައި އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ އެންމެ މެންބަރަކުވެސް ނެތެވެ.
ރައީސް ނަޝީދު ވިދާޅުވީ އައްޑޫގައި ފުލުހުންގެ އެކަޑެމީ ބިނާކޮށްފައިވަނީ ބިން ބޭނުންކުރުމުގައި އެކަށީގެންވާ މިންވަރަށް ނުވިސްނާ ކަމަށެވެ. އަދި މިހާރު އެތަނަކީ ތަޢުލީމީ މުއައްސަސާއެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެހެންމެ ޕީޕީއެމްގެ ޒަޢާމަތެއްގައި އައްޑޫގައި މަތީ ތަޢުލީމުގެ ފުރުޞަތު ނެތީތޯވެސް ރައީސް ނަޝީދު ސުވާލު އުފެއްދެވިއެވެ. ނަމަވެސް މިހާރުވެސް އައްޑޫގައި ޤައުމީ ޔުނިވަރސިޓީއާއި އަމިއްލަ ބައެއް ކޮލެޖުތަކުގެ ކެމްޕަސްތައް ހިންގައެވެ.
މި ލިއުމާއި ގުޅޭ