Sunday 7th Mar 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެޑަމް ފަޒްނާ

މެޑަމް ފަޒްނާގެ އަބުރާ ބެހުނު ކަމުގައި ބުނާ މައްސަލަ ބަލަން ފަށައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަޙްމަދުގެ އަބުރާ ބެހުނު ކަމަށް ބުނާ މައްސަލަ މޯލްޑިވްސް މީޑިޔާ ކައުންސިލުން ތަހުގީގުކުރަން ފަށައިފިއެވެ.
މި މައްސަލައަކީ މޯލްޑިވްސް ނިއުސް ނެޓުވޯކު ނަމަކަށް ކިޔާ އިނގިރޭސި ދުވަހު ނޫހެއްގައި ލިޔެފައިވާ ލިޔުމަކާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައެކެވެ. މި މައްސަލާގައި އެ ނޫހުން ޝާއިޢުކުރި ލިޔުން އިސްލާހުކުރުމަށާއި މަޢާފަށް އެދުމަށް މެޑަމް ފަޒުނާގެ ޤާނޫނީ ޓީމުން އެދުނެވެ.
މީޑިޔާ ކައުންސިލުން ނޫސްތަކަށް މައުލޫމާތު ދިން ގޮތުގައި މޯލްޑިވްސް ނިއުސް ނެޓްވޯކުގެ ފަރާތުން ޙަމްދާން ޝަކީލު އަދި މެޑަމް ފަޒުނާގެ ޤާނޫނީ ޓީމުގެ ފަރާތުން ރައްޔިތުން މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކޮއްކޯފުޅު ނާޒިމް ޢަބްދުއްސައްތާރު ބައިވެރިވި ބައްދަލުވުމެއްގައި އެ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.
މޯލްޑިވްސް މީޑިޔާ ނެޓުވޯކުން ރިޕޯޓުކުރި ގޮތުގައި ބުރިޖު ކާރީގައި މާލެ ސިޓީ ކައުންސިލުން ތަރައްޤީކުރި ޕާކު ތަރައްޤީކުރަން މެޑަމް ފަޒްނާގެ ހިއްސާ އޮންނަ ކުންފުންޏަކުން ގަސް ގަނެފައިވާ ކަމަށެވެ. އަދި އެތަނަށް ބޭނުންވާ ގަސް ފޯރުކޮށްދިނީ ބާޒާރުގައި އެ ބާވަތުގެ ގަސް ހުރި އަގަށްވުރެ ދެގުނަ އަގު ބޮޑުކޮށް ކަމުގައިވެސް އެ ނޫހުން ރިޕޯޓުކުރިއެވެ.
މެޑަމް ފަޒުނާގެ ޤާނޫނީ ޓީމުން މި މައްސަލާގައި އެދިފައިވަނީ ނޫހުގެ ފަރާތުން ޢާންމުކޮށް މަޢާފަށް އެދުމަށެވެ. ނަމަވެސް އެ ނޫހުން ބުނެފައިވަނީ މަޢާފަށް އެދެންޖެހޭނީ ކުށެއް ކުރެވިގެން ކަމަށެވެ. އެފަދަ ޙާލަތެއް މި މައްސަލާގައި ނެތް ކަމަށްވެސް އެ ނޫހުން ބުނެފައިވެއެވެ.
މި ލިއުމާއި ގުޅޭ