Sunday 17th Jan 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

އިންޑިއާ ސިފައިން ރާއްޖެއިން ބާލަން ގޮވާލާ ކެމްޕެއިނަށް ރައީސް ފާޑުވިދާޅުވެއްޖެ

ދިވެހިރާއްޖޭގައި ޤާއިމްވެތިބި އިންޑިއާ ސިފައިން ޤައުމުން ބޭލުމަށް ގޮވާލައި ދިވެހި ޒުވާނުންތަކެއް ސޯޝަލް މީޑިއާގައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިނަކީ ޒިންމާދާރުކަން ކުޑަ ސިޔާސީ ހަރަކާތެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސިފަކުރައްވައިފިއެވެ.

ރައީސް މިމޭރުމުން ވިދާޅުވެފައިވަނީ އިންޑިއާގެ ނޫހެއް ކަމަށްވާ "ދަ ހިންދޫ" އަށް އީމެއިލް މެދުވެރިކޮށް ދެއްވި އިންޓަވިއުއެއްގައެވެ. އިންޑިއާ އައުޓް ކެމްޕެއިނާއި ގުޅޭގޮތުން އެ ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް ކުރިމަތިކުރާ ރަނގަޅު ފާޑުކިޔުންތައް ބަލައިގަންނާނެކަމަށާއި، އެހެންނަމަވެސް ބައިނަލްއަޤްވާމީ ގުޅުންތަކަށް ބުރޫ އަރާގޮތަށް ސިޔާސީ ބޭނުމަކަށް ކުރާ މަސައްކަތްތަކަކީ ޒިންމާދާރުކަން ކުޑަ ކަމެއްކަމަށެވެ.

އަދި އިންޑިއާ އާއި ރާއްޖޭގެ ގުޅުމުގެ މައްޗަށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ދެ ޤައުމުގެ ގުޅުމާއި މެދު ވަރަށް ބޮޑަށް އުފާ ކުރައްވާ ކަމަށާއި އިންޑިއާ އިން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަކީ ދެ ޤައުމުގެ ދެމެދު އޮތް ގާތް ގުޅުން ދޭހަކޮށްދޭ ކަމެއް ކަމަށެވެ.

ރައީސް އިންޑިއާ އައުޓް ކެމްޕެއިނަށް ފާޑުވިދާޅުވެފައިވާއިރު ސަރުކާރުން ވަނީ ދިވެހިރާއްޖޭގައި ތިބޭ އިންޑިއާ ސިފައންގެ އަދަދާއި އެ ސިފައިންނަށް ދިވެހި ދައުލަތުން ކުރާ ހަރަދުވެސް ސިއްރުކޮށްފައެވެ. އެ މައުލޫމާތު ހާމަނުކޮށްގެން "ދިޔަރެސް" ނޫހުން މިހާރު ވަނީ ހައިކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ.

މި ލިއުމާއި ގުޅޭ