Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހުޅުމާލޭގައި ގެދޮރުވެރިކުރުމުގެ ޕްރޮގްރާމުގެ ދަށުން ޤާއިމުކޮށް، ދޫކޮށްފައިވާ 704 ހައުސިން ޔުނިޓަކަށް ފައިސާ ދެއްކުމުގައި ލުއިތަކެއް ދީފިއެވެ.
މިކަމަށް ލުއި ދީފައިވަނީ އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދެއްކޭތީ، ނުދެއްކިވާ ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް އެދި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގައި އެ ފްލެޓްތައް ލިބިފައިވާ ފަރާތްތަކުން އެދެމުންދާ ދަނޑިވަޅެއްގައިކަމަށް އެމިނިސްޓްރީން ބުނެއެވެ.
މިގޮތުން އެފަރާތްތަކަށް ނުދެއްކިހުރި ފައިސާއާއި ޖޫރިމަނާ، ސެޓްލްމެންޓް އެއްބަސްވުމެއްގެ ދަށުން 6 މަހަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމު ތަރުތީބުކުރެވިފައި ވާނޭކަމަށް އެމިނިސްޓްރީން މަޢުލޫމާތު ދެއެވެ.
އަދިހަމައެއާއެކު ލުއި ބޭނުންވާ ފަރާތްތަކުން މިމަހުގެ 31 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، އައިޑީ ކާޑު ކޮޕީއާއި، ފްލެޓް ނަންބަރާއި، ގުޅޭނެ ފޯނު ނަންބަރު އެނގޭނެ ގޮތަށް އެމިނިސްޓްރީގެ އީމެއިލް [email protected] އަށް މެއިލްކުރުމަށް މިނިސްޓްރީން އެދެއެވެ.
އަދި އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ތެރެއިން، މި 6 މަހުގެ ލުޔަށް ނޭދޭ ފަރާތްތަކާއި، ލުއި ލިބުމަށްފަހު ސެޓްލްމަންޓް އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާ ފަރާތްތަކާމެދު، ފްލެޓް ވިއްކުމުގެ އެއްބަސްވުމުގައި ވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެކަންވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މި ލިއުމާއި ގުޅޭ