މާލޭ ކުޅިވަރު އެކުވެނީގައި ތަރައްޤީކޮށްފައިވާ ސިންތެޓިކް ޓްރެކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ޒިޔާރަތްކުރައްވައިފިއެވެ.
ރައީސް ސިންތެޓިކް ޓްރެކަށް ޒިޔާރަތްކުރެއްވީ ރޭގެ ވަގުތެއްގައެވެ. އަދި ރައީސް އަރިހުގައި ކުރީގެ ނޭޝަނަލް އެތްލެޓިކްސް ޓީމުގެ އެތުލީޓުންނާއި ސައުތު އޭޝިއަން ގޭމްސްގެ ގޯލްޑް މެޑަލިސްޓު ހަސަން ސާއިދު އަދި މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަހްމަދު މަހްލޫފު ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ ދިވެހިރާއްޖޭގައި ތަރައްޤީކުރި ދެވަނަ ސިންތެޓިކް ޓްރެކެވެ. މީގެ ކުރިން ރައީސް ޔާމީންގެ ސަރުކާރުން ވަނީ ހުޅުމާލޭގައި ސިންތެޓިކް ޓްރެކެއް ތަރައްޤީކޮށްފައެވެ.