Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޔުނައިޓެޑް ކިންގްޑަމް

ގިނަ އިނގިރޭސިން ދެކޭ ގޮތުގައި ބޮރިސް އިސްތިއުފާދެއްވަންޖެހޭ

ދަ އޮބްޒާވާއިން ކުރިއަށް ގެންދިޔަ އާންމުންގެ ޚިޔާލު ހޯދުމުގެ ޕޮލްތަކުން ފެންނަ ގޮތުގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ މަޤާމުގައި ބޮރިސް ޖޯންސަން ހުންނަވަން ތާއީދުކުރާ މީހުންނަށްވުރެ އެ މަޤާމުން އޭނާ އިސްތިއުފާދެއްވަން ޖެހޭ ކަމަށް ދެކޭ މީހުން ގިނައެވެ.
އައު އަހަރުގެ ފުރަތަމަ ޕޮލްގެ ނަތީޖާ ދައްކާ ގޮތުން، 43 އިންސައްތަ މީހުން ދެކޭ ގޮތުގައި ބޮރިސް އިސްތިއުފާދެއްވަން ޖެހެއެވެ. އަދި މަޤާމުގައި ހުންނެވުމަށް ތާއީދުކުރާ ކަމުގައި ބުނެފައިވަނީ 40 އިންސައްތަ މީހުންނެވެ. ނަމަވެސް ކޮންޒަވޭޓިވް ޕާޓީގެ 87 އިންސައްތަ މީހުން ދެކޭ ގޮތުގައި ބޮރިސް މަޤާމުގައި ހުންނަވަންޖެހެއެވެ.
ކެއިރް ސްޓާމާ އިދިކޮޅު ޕާޓީގެ ލީޑަރުގެ މަޤާމުން އިސްތިއުފާ ދިނުމަށް ތާއީދުކުރާ ކަމަށް ބުނެފައިވަނީ 20 އިންސައްތަ މީހުންނެވެ. 52 އިންސައްތަ މީހުންވަނީ އޭނާ އެ މަޤާމުގައި ދެމިހުންނެވުމަށް އެދިފައެވެ.
އަދި ސަރުކާރުން ކޮރޯނާވައިރަސްގެ ކަންކަން ކުރަމުން އަންނަ ގޮތަށް އޮތް ތާއީދު ކުޑަކޮށް ދަށަށް ގޮސްފައިވެއެވެ. އެގޮތުން %72 މީހުން ދެކޭ ގޮތުގައި އިނގިރޭސި ސަރުކާރުން ފިޔަވަޅުތައް އެޅީ ފިޔަވަޅު އަޅަންޖެހޭ ހަލުއިމިނަކު ނޫނެވެ. އަދި 64 އިންސައްތަ މީހުން ބުނެފައިވަނީ ފިޔަވަޅުތައް އަޅަންޖެހޭ ތަން ނޫން ތަނެއްގައި ފިޔަވަޅުތައް އެޅުނު ނަމަވެސް ހަލުއިކަމާއެކު ފުރަބަންދުގެ ފިޔަވަޅުތައް އަޅާނެ ސަރުކާރެއް ބޭނުންވާ ކަމަށެވެ.
ޖޯންސަންގެ މަޤުބޫލުކަންވެސްވަނީ ދަށަށް ގޮސްފައެވެ. އެގޮތުން އޭނާގެ ސިޔާސަތުތަކަށް ތާއީދުކުރާ މީހުންގެ ނިސްބަތް 37 އިންސައްތައަށް ވެއްޓުނުއިރު އޭނާއާމެދު ނުރުހޭ މީހުންގެ ނިސްބަތް 45 އިންސައްތައަށް އުފުލިފައިވެއެވެ.
މި ލިއުމާއި ގުޅޭ