Wednesday 27th Jan 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިރާގު ދިވެހި ލީގު

ޓީސީއާއި ވެލެންސިއާގެ މެޗު ނިމުނީ އެއްވަރުވެގެން

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނާގައި އޮތް ވެލެންސިއާއާއި ޓީސީގެ މެޗު ދެ ޓީމު އެއްވަރުވެގެން ނިމިއްޖެއެވެ.

ތާވަލުގެ އެއްވަނާގައި ވެލެންސިއާ އޮތީ 3 ޕޮއިންޓުގެ ތަފާތަކުންނެވެ. މި މެޗުން މޮޅުވެ ތިން ޕޮއިންޓު ލިބުނުނަމަ ތާވަލުގެ އެއްވަނާގައި އެ ޓީމަށް ލިބިފައިވާ ކުރިއެރުން އިތުރަށް ތަނަވަސްކޮށްލެވުނީހެވެ. މިހާރު ދެވަނާގައި އޮތް މާޒިޔާ މާދަމާ ސުޕަ ޔުނައިޓެޑް ސްޕޯޓްސްއާ ކުޅޭ މެޗުން މޮޅުވެއްޖެނަމަ، އެ ޓީމު ތާވަލުގެ އެއްވަނައަށް އަރާނެއެވެ. ޕޮއިންޓުގެ ގޮތުން މާޒިޔާއާއި ވެލެންސިއާ އެއިރުން އެއްވަރުވާއިރު ލަނޑުގެ ތަފާތުން ކުރި ހޯދާނީ މާޒިޔާއެވެ.

ރޭ އެންމެ ފުރަތަމަ ލަނޑެއް ކާމިޔާބުކޮށް ކުރި ހޯދީ ވެލެންސިއާއިންނެވެ. ވެލެންސިއާއިން ފުރަތަމަ ހާފުގައިވެސް ނުރައްކާތެރި ހަމަލާތަކެއް އުފެއްދި ނަމަވެސް ލަނޑެއް ކާމިޔާބުކުރެވޭ ގޮތްވީ ދެވަނަ ހާފުގައެވެ. އެއީ މެޗުގެ 60 ވަނަ މިނިޓުގައި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ ޢަލީ އަޝްފާޤު ކާމިޔާބުކުރި ގޯލެކެވެ.

ވެލެންސިޔާގެ ގޯލާއެކު ޓީސީންވެސް ކުރިއަށް ޖެހި އިތުރަށް ޕްރެޝަރު ދީގެން ހަމަލާތައް އުފެއްދުމަށް މަސައްކަތް ފެށިއެވެ. 75 ވަނަ މިނިޓުގައި މުޙައްމަދު އަޖުފާނު ބޮލުން ފޮނުވައިލި ހަމަލާ ވެލެންސިއާ ކީޕަރު އަތަށް ނެގިއެވެ. ނަމަވެސް ވެލެންސިއާގެ ޑިފެންޑަރު އަކުރަމް ޢަބްދުލްޣަނީ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެއް ގޯލަށް ފޮނުވާލައިގެން ޢައްޒާމްވަނީ ޓީސީއަށް އެއްވަރުކޮށްދީފައެވެ.

މި ލިއުމާއި ގުޅޭ