Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވެމްކޯ

މާދަމައިން ފެށިގެން ކުނި ނެރުމާއި ނެގުން ރޭގަނޑަށް

މާލޭގެ ގެތަކުން ކުނި ނެރުމާއި، އެ ކުނި ނަގައި ޖަމާކުރުމުގެ މަސައްކަތް ރޭގަނޑަށް މާދަމާއިން ފެށިގެން ބަދަލުވާނެއެވެ.
ކޮވިޑުގެ ކުރިން ގޭގެއަށް ގޮސް ކުނި ނަގަމުން އައި ނަމަވެސް ކޮވިޑް-19އާ ގުޅިގެން ކުނި ނެގުމުގެ މަސައްކަތް ވެމްކޯއިން ކުރާ ގޮތަށް ބަދަލު ގެނެސް، ކޮންމެ ދުވަހެއްގެ މެންދުރު 12:00 އިން ފެށިގެން 2:00އާ ދެމެދު ކުނި ނެރެ ގޭގެ ތިރީގައި މަގުމަތީގައި ބަހައްޓާ ގޮތަށް ހަމަޖެއްސިއެވެ.
މި ގޮތަށް އިންތިޒާމު ހަމަޖެއްސިފަހުން މަގުތަކުގައި ކުނި ނުނެގި ގިނަ އިރުތަކެއް ފާއިތުވާތީ ޢާންމުންގެ ކަންބޮޑުވުން ބޮޑުވެ، ޝަކުވާތައް އިތުރުވެފައިވެއެވެ. އެގޮތުން މަގުމަތިން ކުނީގެ ނުބައި ވަސްދުވުމާއި މަގުމަތީގައި އުޅޭ ބުޅާތައް ކުނިކޮތަޅު ހޭވުމުގެ
މާލެ ސިޓީގައި ކޮވިޑް-19އާ ގުޅިގެން އިއުލާނުކުރި ފުރަބަންދު ނިމުމަކަށް އައުމާއެކު ކުނި ނެގުމުގެ މަސައްކަތްކުރާ ވަގުތަށް ބަދަލުތަކެއް ގެނައުމާ ގުޅޭ ގޮތުން މާލެ ސިޓީ ކައުންސިލާއި ވެމްކޯގެ މެދުގައި މަޝްވަރާކުރެވުނެވެ. އަދި އެއަށްފަހު ސްކޫލުތައް ހުޅުވުމާއެކު މާލޭގެ މަގުތަކުގެ ކާރޫބާރޫ ބޮޑުވާނެތީ މާދަމައިން ފެށިގެން ކުނި ނަގާ ވަގުތު ބަދަލުކުރުމަށް ނިންމާފައިވެއެވެ.
ގޭބީސީތަކުން ކުނި ނެރުމަށް މިހާރު ހަމަޖައްސާފައިވާ ވަގުތަކީ ކޮންމެ ރެއެއްގެ 22.00 އިން ފެށިގެން 00:00 އާ ދެމެދުގެ ވަގުތެވެ. އެ ނޫން ގަޑިތަކުގައި މަގުމައްޗަށް ކުނި ނެރުމަކީ މަނާ ކަމެކެވެ.
މި ލިއުމާއި ގުޅޭ