Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އާދަމް ޝަރީފް އުމަރު

ރިސޯޓު މާހައުލަކީ އަންހެނުންނަށް ރައްކާތެރި ތަނަކަށް ހަދަންޖެހޭ: އާދަމް ޝަރީފު

ރިސޯޓު މާހައުލަކީ އަންހެނުންނަށް ރައްކާތެރި މާހައުލެއް ކަމުގައި ހަދަންޖެހޭ ކަމަށް ރައްޔިތުން މަޖިލިހުގެ މަޑުއްވަރީ ދާއިރާ މެންބަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
އޭނާ މިފަދައިން ވިދާޅުވީ ޖޭޑަބްލިއު މެރިއޮޓުގައި މަސައްކަތްކުރާ ދިވެހި އަންހެނަކަށް އެ ރަށުގެ އެފްއެންބީ މެނޭޖަރުގެ ގޮތުގައި ހުރި މީހަކު ޖިންސީ ގޯނާކުރަން އުޅުނު މައްސަލައާ ގުޅިގެންނެވެ. އެ ރިސޯޓުގައި އިންޑިޔާ މީހަކު 19 އަހަރުގެ ދިވެހި އަންހެނަކު ރޭޕުކުރި ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
އެކަމާ ގުޅިގެން ފުލުހުން ރޭގައި ބުނެފައިވަނީ ޖޭޑަބްލިއު މެރިއޮޓު ރިސޯޓުގައި އަންހެނަކު ރޭޕުކޮށްފައިނުވާ ކަމަށެވެ. ނަމަވެސް އެ ރިސޯޓުގައި އިންޓާނެއްގެ ގޮތުގައި މަސައްކަތްކުރި ދިވެހި އަންހެނެއްގެ ގައަށް ގަދަކަމުން ރުހުމަކާ ނުލައި އަތްލާން އުޅުމުގެ ޙާދިސާއެއް ހިނގި ކަމަށެވެ. އަދި އެ ޙާދިސާގައި ތުހުމަތުވާ އިންޑިޔާ މީހާ މިހާރު ރާއްޖެއިން ފުރައިގެން ގޮސްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އިތުރަށް ފުލުހުން ވިދާޅުވީ އެ މައްސަލައިގެ ވަށައިގެން ހުރި ކަންކަން ތަޙުޤީޤުކުރުމުގެ މަސައްކަތް މިހާރު ފުލުހުން ކުރިއަށް ގެންދާ ކަމުގައެވެ.
އެކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި އާދަމް ޝަރީފު ވިދާޅުވީ މިފަދަ ކަންކަމުގެ ސަބަބުން އަންހެން ކުދިން ރިސޯޓުތަކުގެ ވަޒީފާއަށް ފޮނުވަން ޖެހިލުންވާނެ ކަމުގައެވެ. އަދި ރިސޯޓު މާހައުލަކީ މަސައްކަތް ކުރުމަށް ރައްކާތެރި އަދި ޚާއްޞަކޮށް ޖިންސުއްލަޠީފުންނަށް ހިމާޔަތާއި ރައްކައުތެރިކަން ކަށަވަރުވެފައިވާ ތަނަކަށް ހަދަންޖެހޭ ކަމުގައެވެ.
މީގެ ކުރިންވެސް އިންޑިޔާ މީހުން ރާއްޖޭގައި އެކި ބާވަތުގެ ކުށްކުރިކަމަށް ތުހުމަތުވާ މައްސަލަތައް ތަހުގީގުނުކުރެވެނީސް ރާއްޖެއިން ފުރައިގެން ގޮސްފައިވާކަން ފާހަގަކުރެވެއެވެ.
މި ލިއުމާއި ގުޅޭ