Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޓެނިސް

ބިލިއަނަރު ޓިރިއަކަށް ސެރީނާ ވިލިއަމްސްގެ ފިރިމީހާ ރައްދު ދީފި

އޮލިމްޕިކްސްގައި ޓެނިސް ކުޅުނު ކުޅުންތެެރިޔާ އަދި ބިލިއަނަރު އިއޮން ޓިރިއަކުގެ ވާހަކަތަކަކީ އުންސުރިއްޔަތު (ރޭސިޒަމް) އެކުލެވޭ އަންހެނުންނާމެދު ތަފާތުކުރުމަށް ހިތްވަރުދޭ ވާހަކަތަކެއް ކަމުގައި ބުނެ އެ ވާހަކަތަކަށް ސެރީނާ ވިލިއަމްސްގެ ފިރިމީހާ ރައްދުދީފިއެވެ.
ސެރީނާ ވިލިއަމްސްގެ ބަރުދަނާ އޭނާގެ ހަށިގަނޑަށް އައިސްފައިވާ ބަދަލުތަކާ ގުޅުވައިގެން އޭނާއަށް އެންމެ ރަނގަޅު ގޮތަކީ ކުޅިވަރުން ރިޓަޔާކުރުން ކަމުގައި ބުނެ އުމުރުން 80 އަހަރުގެ ޓިރިއަކް ދެއްކި ވާހަކަތަކަށް ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުން އަމާޒުވެފައިވެއެވެ.
ރޮމޭނިއާ ޓީވީއަށް ދިން ބަސްދީގަތުމެއްގައި ޓިރިއަކު ބުނެފައިވަނީ މީގެ 15 އަހަރު ކުރިން ސެރީނާ ހަރަކާތްކޮށް އުޅުނު ފަސޭހަމިނުގައި އެ ދުވެލީގައި މިހާރު އޭނާއަށް ހަރަކާތްނުކުރެވޭ ކަމުގައެވެ. އެއީ އޭނާގެ އުމުރާއި ބަރުދަނުގެ ސަބަބުން ކަމުގައިވެސް ޓިރިއަކް ބުންޏެވެ. އަދި ކިރިޔާވެސް ރަނގަޅު ޚުލްޤެއް ހުރިނަމަ، ސެރީނާ ރިޓަޔާކުރާނެ ކަމުގައިވެސް އޭނާ ބުންޏެވެ.
ސެރީނާގެ ފިރިމީހާ އަދި ރެޑިޓުގެ އެއް މުއައްސިސް އެލެކްސިސް އޮހޭނިއަންވަނީ ޓިރިއަކުގެ ވާހަކަތަކަށް ހަލުއިކޮށް ރައްދުދީފައެވެ. އޭނާ ބުނީ އިއޮން ޓިރިއަކް ދެކޭ ގޮތަކާމެދު އެކަކުވެސް ނުވިސްނާ ކަމަށެވެ. އަދި ޓިރިއަކަށް ކާމިޔާބުކުރެވުނީ ބޮޑު ކިތައް މުބާރާތްތޯ ގޫގުލްކޮށްގެން ބަލައިލުމުން، އެލެކްސިސްގެ 3 އަހަރުވީ ދަރިފުޅު އަތުގައިވެސް އެއަށްވުރެ ގިނަ ކާމިޔާބު އެބަހުރި ކަމުގައި އޭނާ ބުންޏެވެ.
އަދި އޭނާގެ ޢާއިލާއާ ދެކޮޅަށް އަންހެނުންނަށް ނަފުރަތުކުރާ ނަސްލީ އިމްތިޔާޒު ގެންގުޅޭ މީހަކު ހަމަލާދޭ ހާލަތުގައި އެއްވެސް ހިފަހެއްޓުމެއް ނޯންނާނެ ކަމުގައިވެސް އޮހޭނިއަން ބުންޏެވެ.
މިހާރުވެސް ސެރީނާއަކީ ދުނިޔޭގެ 11 ވަނައަށް އެންމެ މޮޅު ކުޅުންތެރިޔާއެވެ. އަދި އަންހެނުންގެ ޓެނިހުގެ ތާރީޚުގައި އުފެދުނު އެންމެ މޮޅު އަދި ކާމިޔާބު ކުޅުންތެރިޔަކީ އޭނާ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.
މި ލިއުމާއި ގުޅޭ