Sunday 7th Mar 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ

ގެރިއާއި ބެހޭ އިމްތިހާނެއް މުޅި އިންޑިއާއަށް ހުޅުވާލައިގެން ބާއްވަނީ

ގެރިއާއި ބެހޭ އިމްތިހާނެއް މުޅި އިންޑިއާއަށް ހުޅުވާލައިގެން ބޭއްވުމަށް ނިންމައިފިއެވެ.
މިއީ ޕްރައިމެރީ ސްކޫލް ދަރިވަރުންނާއި ޔުނިވަސިޓީތަކުގެ ދަރިވަރުންނަށް ކޮންމެ އަހަރަކު ބޭއްވުމަށް ހަމަޖެހިފައިވާ އިމްތިހާނެކެވެ. މި އިމްތިހާނު ބާއްވަނީ އިންޑިއާގެ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެނިމަލް ހަޒްބޭންޑްރީ އެންޑް ޑައެރީން ގެ ދަށުން ގެރި ހިމާޔަތް ކުރަން އުފައްދާފައިވާ ސަރުކާރުގެ އިދާރާ ކަމަށްވާ ރަޝްތްރިޔާ ކަމެދުނު އާޔޮގް (އާރުކޭއޭ) އިންނެވެ.
އިންޑިއާގެ ހިންދޫން ޤަބޫލުކުރާ ގޮތުގައި ގެރިއަކީ މުޤައްދަސް އެއްޗެކެވެ. އަދި ހިންދީ ހަރުކަށި ބޮޑުވަޒީރު މޯދީ އިންޑިއާގެ ސަރުކާރާއި ހަވާލުވިފަހުން ގެރި ހިމާޔަތްކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވެއެވެ.
އާރުކޭއޭ އިން ހާމަކޮށްފައިވާ ގޮތުގައި މި އިމްތިހާނުގެ ބޭނުމަކީ ގެރިއާއި މެދު ރައްޔިތުންގެ މެދުގައި ޝައުގުވެރިކަން އުފެއްދުމެވެ. އަދި ގެރިއަކީ ގިނަ ގޮތްގޮތުން ފައިދާ ލިބޭއެއްޗެއް ކަމަށާއި މިގޮތުން ގެރީގެ ކުޑާކަމުދާ ތަކެތިންނާއި ބޮޑުކަމުދާ ތަކެތިންވެސް ގިނަގުނަ ފައިދާ ލިބޭކަމަށް އާރުކޭއޭ އިން ބުނެފައިވެއެވެ. އެހެން ނަމަވެސް މިއީ ސައިންސްގެ އަލީގައި ހޯދަފައިވާ ކަންކަމެއް ނޫންކަން ފާހަގަކޮށްލެވެއެވެ.
އިންޑިއާގެ އިދިކޮޅު ބައެއް ފަރާތްތަކުން ވަނީ ސަރުކާރުން މިފަދަ އިމްތިހާނެއް ނަގަން އުޅޭތީ ފާޑުކިޔާފައެވެ. މިގޮތުން ގެރިތަކުގެ ސައިންސާއި ގުޅޭ އިމްތިހާނު ބާއްވަން އުޅޭއިރު ކޮވިޑު-19 ވެކްސިންއަށް ހުއްދަ ދިނުމުގައި ސައިންޓިފިކްގޮތުން ބަލަން ޖެހޭ ކަންކަން ސަރުކާރުން ބަލާފައި ނުވާކަމަށް އިިންޑިއާގެ އިދިކޮޅު އިންޑިއަން ނޭޝަނަލް ކޮންގްރެސް ޕާޓީގެ މެމްބަރަކު ބުނެފައިވެއެވެ.
މި ލިއުމާއި ގުޅޭ