Wednesday 27th Jan 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ

އިންޑިއާގެ އުފެއްދުންތެރިކަން 69 އަހަރުތެރޭގައި ނުދާވަރަށް ދަށަށް!

މިއަހަރު މާޗުގައި ނިމޭ އިންޑިއާގެ މާލީ އަހަރު ނިމޭއިރު، އިންޑިއާގެ އުފެއްދުންތެރިކަމުގެ ނިސްބަތް 7.7 އިންސައްތައިން ދަށަށް ދާނެކަމަށް އިންޑިއާގެ ސްޓެޓިސްޓިކްސް މިނިސްޓްރީއިން ބުނެފިއެވެ.

މިއީ 1952 ވަނަ އަހަރުން ފެށިގެން އިންޑިއާގެ އުފެއްދުންތެރިކަމުގެ ނިސްބަތް މިހާ ބޮޑަށް ދަށަށް ދާ ފުރަތަމަ ފަހަރުކަން ފާހަަގަކޮށްލެވެއެވެ. އަދި މިމިންވަރަކީ މީގެ ކުރިން ރިޒާވް ބޭންކް އޮފް އިންޑިއާ އިން ލަފާކުރި މިންވަރަށްވުރެ ވެސް އިތުރު އަދަދެކެވެ. އިންޑިއާގެ އިޤްތިސާދު މިހާބޮޑަށް ދަށްވެފައިވަނީ ކޮވިޑު-19 އާއި ގުޅިގެންނެވެ. ބަލިމަޑުކަން ކޮންޓްރޯލް ކުރުމުގެ ގޮތުން މުޅި އިންޑިއާ ވަނީ ލޮކްޑައުންކޮށްފައެވެ. އޭގެ ސަބަބުން އިޤްތިސާދީގޮތުން ބޮޑެތި ގެއްލުން އިންޑިއާއަށްވިއެވެ.

އިންޑިއާގެ އިޤްތިސާދު މިހާރު ހީނަރުވެފައި ވީނަމަވެސް މި ފެށޭ މާލީ އަހަރުގައި އިޤްތިސާދު ރަނގަޅުވާނެ ކަމަށް އިންޑިއާގެ އިޤްތިސާދީ މާހިރުން ވަނީ ލަފާކޮށްފައެވެ.

ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ މީހުންނަށް ކޮވިޑު-19 ޖެހި އެބަލީގައި މަރުވެފައިވަނީ އިންޑިއާ އިންކަން ފާހަގަކޮށްލެވެއެވެ.

މި ލިއުމާއި ގުޅޭ