Sunday 17th Jan 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ

ކޮވިޑް-19ގެ ވެކްސިން އެކްސްޕޯޓްކުރުމުގައި އަވަށްޓެރި ލަންކާއަށް އިސްކަންދޭނަން: އިންޑިއާ

މުޅިދުނިޔެ ހުއްޓުވާލި ކޮރޯނާވައިރަސްގެ ބަލިމަޑުކަމުން ދިފާޢުވުމަށް އުފައްދާފައިވާ ވެކްސިން އެކްސްޕޯޓް ކުރުމުގެ މަސައްކަތް އިންޑިއާއިން ފަށާއިރު، އަވަށްޓެރި ސްރީލަންކާއަށް އިސްކަން ދޭނެކަމަށް، އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަމާނިއަމް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

އަސްޓްރާޒެނީކާ ކުންފުނިން ވަނީ ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އަމާޒުކޮށް 1 ބިލިއަން ޑޯޒްގެ ވެކްސިން އުފެއްދުމަށް އިންޑިއާއާ ޙަވާލުކޮށްފައެވެ. އަދި އިންޑިއާއިން ވެކްސިން އެކްސްޕޯޓްކުރަން ފަށުމުގެ ތައްޔާރީތައްވުމަށް އަދި މަސްތަކެއް ހޭދަވާނެކަމަށް އެސް.އައި.އައިގެ އިސްވެރިއަކު ވަނީ ހާމަކުރައްވާފައެވެ. ނަމަވެސް މިކަމަށް ރައްދުދެއްވައި އިންޑިއާގެ ޚާރިޖިއްޔާގެ އޮފިޝަލަކު ބީ.ބީ.ސީއަށް މަޢުލޫމާތު ހިއްސާކުރައްވަމުން، 2 ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އިންޑިއާގެ އަވަށްޓެރި ޤައުމުތަކަށް ވެކްސިން ފޯރުކޮށްދޭން ފަށާނެކަމަށް ވަނީ އިޝާރާތްކުރައްވާފައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކުއްލި ޙާލަތުގައި ބޭނުންކުރުމަށް 2 ވެކްސިނަކަށް އިންޑިއާގެ ޑްރަގް ރެގިއުލޭޓަރުން ވަނީ ރަސްމީ ގޮތުން ހުއްދަދީފައެވެ. މިގޮތުން ހުއްދަދީފައިވަނީ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްޤީކޮށް، ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސް.އައި.އައި) އިން ޞިނާޢީ ފެންވަރުގައި އުފައްދަމުން އަންނަ ވެކްސިނާއި، އިންޑިއާގެ ބާރަތު ބައޮޓެކް ކުންފުނިން ތަރައްޤީކޮށް ޞީނާޢީ ފެންވަރުގައި އުފައްދަމުން އަންނަ އެޤައުމުގެ އަމިއްލަ ވެކްސިނަށެވެ.

ސްރީލަންކާގެ ޚާރިޖީ ވަޒީރު ވިދާޅުވާ ފަދައިން އިންޑިއާއިން ތަންފީޒު ކުރަމުން އަންނަ "ފުރަތަމަ އަވަށްޓެރިޔާ"ގެ ސިޔާސަތުގެ ސަބަބުން، ސްރީލަންކާއަށް ބޮޑެތި ފައިދާތައް ލިބެމުން ދެއެވެ. ޚާއްސަކޮށް ތާރީޚު ދެކެފައިނުވާފަދަ ކާރިސާއެއްގެ މިދަނޑިވަޅުގައި ލިބޭ މަންފާ ބޮޑުކަންވެސް ފާހަގަކުރެވެއެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު އެސް ޖައިޝަންކަރު މިކަން ހިއްސާކުރެއްވީ ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެއްގައި އެޤައުމުގެ ރައީސް ގޮތަބާޔާ ރާޖަޕަކްސައާއެކު ބޭއްވެވި ބައްދަލުވުމެއްގައި ކަމަށް ސްރީލަންކާގެ ރައީސް އޮފީހާއި ޙަވާލާދީ ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓްކުރެއެވެ.

މި ލިއުމާއި ގުޅޭ