Sunday 17th Jan 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިސޯޓު

މިއީވެސް 2020ގެ ފަހުލަވާނުން

2020 ވަނަ އަހަރު ނިމިގެން ދިއުމާއެކު، އެ އަހަރުގެ ހަނދާންތައް އާކުރަން ފަށައިފިއެވެ. ވޭތުވެ ދިޔަ އަހަރު ފާހަގަ ކޮށްލެވޭ ފަރާތްތަކާއި އަގުހުރި ޚިދުމަތްތަކެއް ކުރި ފާރާތްތަކަށް ޝުކުރު އަދާކޮށް އެބަހަދައެވެ. ނޫސްތަކާއި ފޮތޯތަކުން އެފަރާތްތަކުގެ ވާހަކައާއި ޝުކުރު އަދާކުރުމުގެ ޕޯސްޓަރުތައް އެބަފެނެއެވެ.

ޝައްކެއްވެސް ނެތްގޮތުން، 2020ވަނަ އަހަރުގެ ފަހުލަވާނުންނަކީ ޞިއްޙީ ދާއިރާގެ މަސއްކަތްތެރިންނެވެ. މުޅިދުނިޔޭގައި ވެސް އަދި ދިވެހިރާއްޖޭގައި ވެސް އެފަރާތްތައް އަދާ ކޮށްދިން މަސައްކަތަށް ޝުކުރު ހަމަ ޙައްގެވެ. ތިޔަ ކޮށްދެއްވަމުން ގެންދަވާ ޚިދުމަތަށް ޝުކުރުއަދާ ކުރަމެވެ.

ޚަބަރުތަކާއި ޕޯސްޓަރުތަކުން ޝުކުރު އަދާ ނުކުރާ، އެހެނަސް ޝުކުރު ހައްގު ފަރާތްތެކެއް އެބަ ތިއްބެވެ. ދޭހާ އަތްވަކާއި ވެހޭހާ ވާރެއެއްގައި މިހާރުވެސް އަދި ކޮވިޑް ފެށުނީއްސުރެ މަސައްކަތް ކުރަމުންދާ ބަޔަކު އެބަތިއްބެވެ. ދިވެހި އިޤްތިޞާދު ކޮޅަށްގެހުމުގެ 80% ޙިއްސާ ކުރާބަޔަކީ އެއީއެވެ. ރިސޯޓު މަސައްކަތް ތެރީން ނުވަތަ ރިސޯރޓް ބޮއިސްއެވެ. އެކުދިން ދެއްކި ހިއްވަރާއި އަޒުމުގެ ވާހަކަ ނުދައްކަނީ ކީއްވެހެއްޔެވެ؟

ކޮވިޑްގެ ރާޅުތައް ރާއްޖޭގެ އައްސޭރިއާއި ހަމައަށް ވާސިލުވީ ހިސާބުން އެންމެ ފުރަތަމަ ވަޒީފާގެ އަސަރު ކުރީ އެފަރާތްތަކަށެވެ. އެންމެ ފުރަތަމަ މުސާރަ ކުޑަވީ އެކުދިންގެއެވެ. ރިސޯޓުތައް ބަންދުކުރި ހިސާބުން ބައެއް މުއްވަފުން ވަޒީފާއިން ކަނޑާލާ ރަށަށް ފޮނުވާލިއެވެ. ބައެއް ރިސޯރޓުތަކުން ބައި މުސާރައާއިއެކު ކުދިން ރަށްތަކަށް ފޮނުވާލިއެވެ. އަނެއްބަޔަކު ބައި މުސާރަޔާއެކު ރިސޯޓުގެ މަސައްކަތް ކުރަން މަޑުކުރިއެވެ. ބައެއް ރިސޯޓުތަކުން ފުރިހަމަ މުސާރައިގައި ރަށަށް ފޮނުވައި އަނެއް ބަޔަކު ހަމަ ފުރިހަމަ މުސާރައިގައި ރޮސޯޓުގައި ބޭތިއްބިއެވެ. އަނެއްބައި މުވައްޒަފުންނަށް މުސާރަ ނުލިބޭ ގޮތަށް ޗުއްޓީނަގަން މަޖުބޫރުކޮށް ރަށަށް ފޮނުވާލިއެވެ. ރިސޯޓުރަކުގައި މަޑުކުރި މުވައްޒަފުން ފުރަތަމަ ދުވަހުން ފެށިގެންދިޔައީ ރިސޯޓުގައި އެތައް މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮވިޑް ދިގުލައި، ފަރުތުވެރިން ނައުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ އަނެއްކާވެސް މުސާރަ ކުޑަވެ، ބައެއް މުވައްޒަފުންނަށް ނޯޕޭ މަޖުބޫރުވުމެވެ. އަނެއްބަޔަކު ވަޒީފާއިން ކަނޑާލިއިރު ދީލަތި މަހުޖަނުން އެމީހުންގެ އަމިއްލަ ޖީބުންވެސް ބައެއް މުޒައްޒަފުންނަށް މުސާރައާއި ކެއުން ހަމަޖައްސައި ދެމުން ދިޔައެވެ. އަދި އެހާލުގައި ވަނިކޮށް ރިސޯޓު މުވައްޒަފުންނަށް އުއްމީދެއްއައީ 15 ޖުލައިގައި ބޯޑަރުތައް ހުޅުވާލި ހިސާބުންނެވެ.

ބޯޑަރު ހުޅުވާލުމާއެކު މަދު ރިސޯޓުތަކަކަށް ފަތުރުވެރިން އަންނަން ފެށިއެވެ. ވަރަށް މަދުންނެވެ. އަނެއްކާވެސް މުވައްޒަފުންނަށް ކުރިމަތިވީ މާޔޫސްކަމެކެވެ. ބައެއް ރިސޯޓުތަކުން މަދު ފަތުވެރިންނަށް ޚިދުމަތް ދިނުމަށް މުވައްޒަފުން މަދުކުރިއެވެ. ކޮންޓްރެކްޓް ހަމަވަން ކައިރިވެފައި ތިބި މުވައްޒަފުން ވަކި ކުރިއެވެ. ވަޒީފާގައި ތިބި މުވައްޒަފުންނަށް ލޯޑު ބޮޑުވިއެވެ. ލިބޭ މުސާރައާއި ކުރާ މަސައްކަތް ގިނަ ރިސޯޓުގަކުގައި ދިމާނުވެއެވެ. ނަމަވެސް މުވައްޒަފުންނަށް ރަގަޅު ރިސޯޓުތަކުން ފުރިހަމައަށް މުވައްޒަފުންނަށް ސާރވިސްކާރޖާއި މުސާރަދިނެވެ. މުވައްޒަފުން ވަޒީފާއިން ވަތްކެއް ނުކުރެއެވެ.

ދެން އިވެންފެށީ އުފާވެރި ޚަބަރުތަކެވެ. ގިނަ ޤައުމު ތަކުން ބޯޑަރުތައް ހުޅުވާލަން ފެށި ޚަބަރެވެ. ފަތުރުވެރިން އަންނަ އަދަދު މަހަކަށްވުރެ މަހަކު ދިޔައީ އިތުރުވަމުންނެވެ. ބައެއް ރިސޯޓުތަކުގައި ބައި މުސާރައިގައި އާދައިގެ މަހެއްގައި ކުރާ މަސައްކަތުގެ 5ގުނަ މަސައްކަތް މުވައްޒަފުންނާއި ކުރަންޖެހުނެވެ. ގިނަ ރިސޯޓުތަކަށް މުވައްޒަފުންގެ ދަތިކަން ދިމާވިއެވެ. މުވައްޒަފުން ގެންނަން މަޖުބޫރު ވިއެވެ. މަސައްކަތުގައި ތިބި މުވައްޒަފުންނަށް ލުއި ލިބުނީ އާ މުވައްޒަފުން ގެންނަން ފެށި ހިސާބުންނެވެ. ނަމަވެސް ހިތާމައަކީ ގެންނަށް ފެށީ ވަގުތީ މުވައްޒަފުންނެވެ. ރާއްޖެއިން ބޭރުގެ މުވައްޒަފުންނެވެ.

ގިނަ ފަތުރުވެރިންނާއިއެކު ގިނަ ޕޮސިޓިވްކޭސްތައް ރިސޯޓުތަކުން ފެންނަންފެށިއެވެ. ނަމަވެސް މިކަންކަން ދިޔައީ ރިސޯޓު މުވައްޒަފުންނަށް ވެސް ސިއްރުކުރެވިގެންނެވެ. ޕޮޒިޓިވް ކޭސް ތަކާއި މެދު މާ ބޮޑު ސަމާލުކަމެއް، އަހައްމިއްޔަތު ކަމެއް ނެތެވެ. ހަރުދަނާ އުސޫލުތަކެއް ނެތެވެ. އުސޫލު އުފެދިގެން އަންނަނީ ޝަކުވާކޮށް މުވައްޒަފުން ހަޅުތާލެއް ކުރާނޭ ކަމުގެ ބިރު ހީވާ ހިސާބުންނެވެ. ޕޮޒިޓިވްވާ ފަތުރުވެރިންނަށް ޚިދުމަތް ދިނީ އަމިއްލަ ނަފުސު ބޮޑޫ ހަލާކެއްގެ ތެރެއަށް ވައްޓާލެވޭކަން އެނގިހުރެ ހިނިތުންވުމާ އެކުގައެވެ. ނަމަވެސް އަގުވަޒަން ކުރާނޭ ފަރާތެއް ނެތެވެ. ބައެއް މުވައްޒަފުން ދިނީ ޞިއްހީ ޚިދުމަތްތެރިންގެ ޚިދުމަތެވެ. މިއީ ހަމަ ރިސޯޓު މުވައްޒަފެއްގެ ދުލުން ކިޔައިދިން ވާހަކަތަކެވެ. މިއީ ބައެއް ރިސޯޓުތަކުގެ ހާލަތެވެ.

މިހާލުގައި އާއިލާއާއި ދުރުގައި، ބައެއް މުވައްޒަފުން އުޅޭތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީއެވެ. ލޯބިވާ ދަރިފުޅު ނުފެންނަތާ 14 މަސް ވެފައި ތިބި މުވައްޒަފުން އެބަ ތިއްބެވެ. ނަމަވެސް ރެޔާ ދުވާލު މަސައްކަތް ކުރަމުން ދަނީ ޤައުމުގެ އިޤްތިސާދު ކޮޅަށް ޖެހުމަށެވެ. ވަރުބަލިކަމާއި މަޔޫސްކަންފޮރުވައި ފުރިހަމަ ހިނިތުންވުމަކާއިއެކު އަދިވެސް އެދަނީ ޚިދުމަތްދެމުންނެވެ. ނަތީޖާއަކަށްވީ ފަތުރުވެރިން އަންނަ އަދަދު އިތިރުވެ، މުއްދަތު އިތުރުކުރާ ފަތުރުވެރިން ގިނަވެ، ބޭރު ފައިސާ ވަންނަ އަދަދު އިތުރުވުމެވެ. އަހަރު ނިމި ފަހުލަވާނުންނަށް ޝުކުރުގެ މެސެޖުފޮނުވައި ހެދިއިރު މި މުވައްޒަފުންނަށް ޝުކުރު އަދާކޮށްލާނެ ފަރާތެއް ނުވިއެވެ.

ވެރިންނާއި މަޖިލިސް މެމްބަރުންގެ މުސާރަ ދިނުމަށް ބޭނުންވާ 80% ފައިސާ ހޯދައި ދިނުމުގެ މޭސްތިރިންނަކީ ހަމަ ރިސޯޓު މަސައްކަތްތެރީންނެވެ. ޝުކުރު އަދާ ކޮށްލަން ނުކެރުނީތީ ލަދުވެތިވާން ޖެހެއެވެ. އެއީވެސް ހަމަ 2020 ގެ ފަހުލަވާނުންނެވެ.

މި ލިއުމާއި ގުޅޭ