Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފެނަކަ

ފަހުން ކޮރަޕްޝަންގެ ތުހުމަތުތަކެއް ނުކުރެވޭނެ ކަމުގެ ޔަގީންކަމެއް ސައީދަށް ނުދެއްވުނު

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ކަމުގައި މިހާރު ހުންނެވި އަހްމަދު ސައީދު އެ އެ މަޤާމުން ދުރުވުމަށްފަހު ދެން އަންނަ ބޭފުޅަކު ސައީދަށް ކޮރަޕްޝަންގެ ތުހުމަތުކޮށް އެފަދަ އަޑެއް އަރާފާނެ ކަމަށް ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ "ދިވެހި ޗެނަލް" އިން ގެނެސްދޭ "ހަވާސާ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. ކުރިން ފެނަކަ ހިންގެވި ބޭފުޅުންނަށް ކޮރަޕްޝަންގެ ތުހުމަތުކޮށް ސައީދު ވާހަކަ ދެއްކެވުމުން ޕްރޮގްރާމްގެ ޕްރެޒެންޓަރު ވަނީ ސައީދު އެމްޑީ ކަމުން ވަކިވުމަށްފަހު ދެން އަންނަ ސަރުކާރެއްގަ އެހެން އެމްޑީއަކު ހަމަޖެހިގެންދާއިރު، ސައީދު އާއި ގުޅޭ ގޮތުން އެފަދަ ވާހަކަތަކެއް އަޑު އިވިގެން ނުދާނެކަމުގެ ކިހާވަރެއްގެ ޔަގީންކަމެއް ދެއްވިދާނެތޯ ސުވާލުކޮށްފައެވެ.
އޭގެ ޖަވާބުގައި ސައީދު ވިދާޅުވީ އެފަދަ އަޑުތަކެއް އިވިދާނެކަމަށެވެ. އެހެން ނަމަވެސް ކަރުދާހުން ފެންނަން އޮތް ހަގީގަތް އެތަނުގައި ފެންނަން އޮންނާނެ ކަމަށް ސައީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އައިސް އެތާނގައި ކުރި މަސައްކަތާއި ފާއިތުވިތަނުގައި އެތާނގައި ހިނގި މަސައްކަތާއި އަޅާ ކިޔާނެ ހިސާބުކިތާބު ދައްކާނެ ފޮތްތައް އެތާނގައި ހުންނާނެ. ސިސްޓަމް ތަކުގައި އާކައިވެ ކުރެވިފައި ހުންނާނެ" ސައީދު ވިދާޅުވިއެވެ.
ސައީދު މިހެން ވިދާޅުވި ނަމަވެސް މިހާރުވެސް ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރެވެއެވެ. މިގޮތުން ފާއިތުވި އަހަރުގެ ސެޕްޓެމްބަރު މަސް ތެރޭގައި ސައީދާއި ދެކޮޅަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް 27 މައްސަލައެއް ހުށަހެޅިފައިވާކަން ފާހަގަކޮށްލެވެއެވެ.
މި ލިއުމާއި ގުޅޭ