Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސަރުކާރު

ސަރުކާރުން ހިންގާ އަސްކަރީ މުއާމަލާތްތަކާ ގުޅިގެން އާދަމް ޝަރީފުގެ މުހިއްމު ސުވާލެއް

ސަރުކާރުން ބޭރު ޤައުމުތަކާއެކު ކުރާ ޢަސްކަރީ މުޢާމަލާތްތަކާ ގުޅިގެން ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުން މަޖިލިހުގެ މަޑުއްވަރީ ދާއިރާ މެންބަރު އާދަމް ޝަރީފު ޢުމަރު މުހިއްމު ސުވާލެއް ޓުވިޓާގައި ހިއްސާކުރައްވައިފިއެވެ.
އަމިއްލަ އަތްޕުޅުން ލިޔުއްވި ނޯޓެއްގެ ފޮޓޯއާއެކު ކުރެއްވި ޓުވީޓުގައި އާދަމް ޝަރީފު ވިދާޅުވީ، ބޭރު ޤައުމުތަކާއެކު އަސްކަރީ އެއްބަސްވުންތައް ހަދައި، ދިވެހި ފަސްގަނޑުގައި އެ މީހުންނާއެކު އެކްސަޒައިޒުތައް ބާއްވާއިރު، އެކަމުގެ ފުރިހަމަ މައުލޫމާތު ސަރުކާރުން ހިއްސާކުރަންޖެހޭނެ ކަމުގައެވެ. އެއީ ޗައިނާ، އެމެރިކާ ނުވަތަ އިންޑިޔާ ކަމުގައިވިޔަސް ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.
އެފަދައިން ވިދާޅުވެ ކުރެއްވި ޓުވީޓާއެކު ހިއްސާކުރެއްވި އަތްޕުޅުން ލިޔުއްވާފައިވާ ނޯޓުގައި އޭނާ ވިދާޅުވީ ބޭރު ޤައުމުތަކާއެކު ރާއްޖެއިން ޢަސްކަރީ މުޢާމަލާތް ހިންގުމުގެ އަސާސަކަށްވާންވާނީ ޤާނޫނު އަސާސީގައިވާ ގޮތުގެ މަތިން އިސްލާމްދީނާއި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުން ކަމުގައެވެ.
ހަމައެއާއެކު އެފަދަ މުއާމަލާތްތަކުގެ އަމާޒަކަށްވާންވާނީ އެކަންކަން ހިމާޔަތްކުރުމާއެކު އިންޑިޔާ ކަނޑުގެ ހަމަޖެހުން ޤާއިމުކޮށް ކަށަވަރުކުރުމުގައި ދިވެހިންގެ ދައުރު އެންމެ ފުރިހަމައަށް އަދާކުރުން ކަމަށްވެސް އާދަމް ޝަރީފުގެ ނޯޓުގައި ވިދާޅުވެފައިވެއެވެ.
މިކަންކަން ހިއްސާކުރެއްވުމަށްފަހު ދިވެހިރާއްޖެއިން މިހާރު ހިންގަމުންދާ ޢަސްކަރީ މުޢާމަލާތްތަކާ ގުޅިގެން އާދަމް ޝަރީފުވަނީ ސުވާލެއް ކުރައްވާފައެވެ. އެއީ މިހާރު ސަރުކާރުން ހިންގަމުންދާ އަސްކަރީ މުއާމަލާތްތަކުގައި އެކަންކަން ކަށަވަރުކުރެވޭތޯއެވެ.
މި ލިއުމާއި ގުޅޭ