Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ

ބޯހިޔާވަހިކަމުގެ ސާވޭ ކުރިއަށް ގެންދާނީ ފޯނު މެދުވެރިކޮށް: ޕްލޭނިންގ މިނިސްޓްރީ

"މޯލްޑިވްސް ހައުސިންގ މާކެޓް ނީޑްސް އެންޑް އެސަސްމަންޓް ސްޓަޑީ"ގެ ނަމުގައި ފަށާ ބޯހިޔާވަހިކަމުގެ ސާވޭ ކުރިއަށް ގެންދާނީ ފޯނު މެދުވެރިކޮށްކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ. އަދި އަންނަ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހާއި ހަމައަށް އެމަސައްކަތް ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު، މިސާވޭއަށް ޢާއްމުން އެއްބާރުން ދިނުމަށް ޕްލޭނިން މިނިސްޓްރީން އެދެއެވެ.
މިސާވޭގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވަނީ ރާއްޖޭގެ އަތޮޅުތެރޭގެ އެކި ރަށްރަށުގައެވެ. މި ސާވޭގައި ފޯން މެދުވެރިކޮށް ސާވޭކުރުމުގެ އިތުރުން ކަމާ ގުޅުންހުރި ފަރާތްކާއެކު މަޝްވަރާގެ އެހީވެސް ހޯދާނެކަމަށް ބުނެފައިވެއެވެ . މިގޮތުން ފޯން ސާވޭގެ ބައި އަންނަ މަހު 3 ގައި ފުރިހަމަކުރެވުނުކަމުގައި ވިޔަސް، އަންނަ މަހުގެ ނިޔަލަށް ސާވޭގެ ބާކީ މަސައްކަތްތައް ކުރިއަށްދާނެކަމަށް އެމިނިސްޓްރީން ބުނެއެވެ.
މިއީ ބޯހިޔާވަހިކަން ބޭނުންވާ މިންވަރާއި، ގޯތި ގެދޮރުގެ މިލްކުވެރިވުމުގައި ދެކޭގޮތާއި، ކުއްޔަށް އުޅޭ ފަރާތްތަކަށް ލުއިފަސޭހަ މަގެއް ދެނެގަތުމަށާއި، ސަރުކާރުގެ ފަރާތުން އިތުރު އެހީ ބޭނުންވާ ޙާލަތެއްގައި އެކަން ފޯރުކޮށްދެވޭނެ ގޮތްތައް ހޯދުމަށް ކުރިއަށްގެންދާ ސާވޭއެކެވެ. މިސާވޭއިން އެއްކުރާ މަޢުލޫމާތުގެ ތެރެއިން ޢާއްމުކޮށް ޝާއިޢު ކުރެވޭނީ، އެއްކުރެވޭ މަޢުލޫމާތުގެ ޖުމުލަ ޢަދަދުތަކަށް ބިނާކޮށް ހޯދޭ ހޯދުންތައް އެކަނިކަމަށް ޕްލޭނިންގ މިނިސްޓްރީން ހާމަކުރެއެވެ. ސާވޭގެ ބައިވެރިންގެ ޒާތީ އެއްވެސް މަޢުލޫމާތެއް ޢާއްމު ނުކުރާނެ ކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ.
ސާވޭ ކުރުމަށްޓަކައި މިނިސްޓްރީގެ ފަރާތުން ގުޅާނެ ނަމްބަރުތައް ވަނީ މިނިސްޓްރީގެ ވެބްސްގައި ހިއްސާކޮށްފައެވެ. އެ ނަންްބަރުތައް ތިރީގައި އެވަނީއެވެ.

7602782
7260058
7260057
7627823
7627548
7627558
7627804
7627678
7627657
7627617
7627362
7627298
7627178
7627248
7627051
7627842
7627898
7627031
7627040
7627001
7626968
7626917
މިސާވޭއަކީ މޯލްޑިވްސް އަރބަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ، އަދި ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ހުއްދަ ލިބިގެން ކުރިއަށްގެންދާ ސާވޭއެކެވެ.
މި ލިއުމާއި ގުޅޭ