ދުނިޔޭގެ އެންމެ ގިނަ ޑައިމަންޑު ޖެހި އަނގޮޓި އުފެއްދުމުގެ ރެކޯޑު އިންޑިއާގެ ރެނަނީ ޖުވެލްސް އިން ހަދައިފިއެވެ.
އެ ކުންފުނިން ތައްޔާރުކުރި އަނގޮޓިއެއްގައި ޖުމްލަ 12،638 ޑައިމަންޑު ހުރެއެވެ. އަދި މި އަނގޮޓި ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސް އަށް އަރާފައިވަނީ 21 ޑިސެމްބަރު 2020 ގައެވެ. މެރިގޯލްޑްގެ ނަން ދީފައިވާ މި ޑައިމަންޑުގައި 38 ކެރެޓުގެ ޑައިމަންޑުހުރެއެވެ. އަދި ބަރުދަނުގައި 165 ގްރާމު ހުރެއެވެ.
މީގެ ކުރިންވެސް މި ރެކޯޑު އޮތީ އިންޑިއާގެ ކުންފުންޏަކުން އުފެއްދި އަނގޮޓިއެއްގައި ކަން ފާހަގަކޮށްލެވެއެވެ. މިގޮތުން އިންޑިއާގެ ހައިދަރުއާބާދުގައި ހިންގާ ހޯލްމާކް ޖްވެލާސް އިން އުފެއްދި އަނގޮޓިއެއްގައި 7801 ޑައިމަންޑް ހުރެއެވެ.
ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ޑައިމަންޑު އުފައްދަނީ އިންޑިއާގައެވެ.