Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޓީސީސީ

އެމް.ޓީ.ސީ.ސީގެ "ހުނަވަރު" ޕްރޮގްރާމު އަލުން ފަށަނީ

އެމް.ޓީ.ސީ.ސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމު "ހުނަވަރު" އަލުން ފަށަން ނިންމައިފިއެވެ.
"ހުނަވަރު" ޕްރޮގްރާމަކީ ޢިމާރާތްކުރުމުގެ ޞިނާޢަތުގައި ފަންނީ ތަމްރީނު ލިބިފައިވާ ޤާބިލު ދިވެހިން ބިނާކޮށް، ވަޒީފާގެ ބާޒާރުގެ ހުސްކަން ފުރުމުގެ ހުއްދަ އެފަރާތްތަކަށް ދިނުމުގެ މަޤްޞަދުގައި އެމް.ޓީ.ސީ.ސީއިން ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް 2018 ވަނަ އަހަރު ފެށިނަމަވެސް މިއަދާހަމައަށް އޮތީ މެދުކެނޑިފައެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމް.ޓީ.ސީ.ސީއިން ބުނީ، މިއަހަރުގެ ހުނަވަރު ޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވަނީ ޖުމްލަ ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. މިގޮތުން ފުރަތަމަ ފިޔަވަހި އަމާޒުކުރަނީ ޢުމްރާނީ ތަރައްޤީއާއި، ޢިމާރާތްކުރުމުގެ ދާއިރާގައި ހިންގާ މަޝްރޫޢުތަކަށް ބޭނުންވާ ފަންނުވެރިން ބިނާކުރުމަށެވެ. އަދި އެފިޔަވަހި ޚާއްޞަކޮށްފައިވަނީ ފުވައްމުލަކާއި އައްޑު އަތޮޅަށެވެ.
މި ޕްރޮގްރާމްގައި ތަމްރީނުދޭނީ އެމް.ޓީ.ސީ.ސީގެ މަޝްރޫޢުތަކުގައި ބޭނުންކުރާ ޓަގާއި، ބާޖާއި، ބަސްތަކާއި، ލޯރީތަކާއި، ބުލްޑޯޒަރާއި، އެކްސްކަވޭޓަރާއި، ކެރޭނާއި، ރޯލަރާއި، ޕޭވަރާއި، ލޯޑަރާއި، ގްރޭޑަރުފަދަ އުޅަނދުފަހަރު ދުއްވާ، މެޝިނަރީ އޮޕަރޭޓު ކުރާށެވެ.
މިތަމްރީނުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމުގެ ގޮތުން މިމަހުގެ 9 ވަނަ ދުވަހު ފުވަމުލަކުގައި، އަދި 11 ވަނަ ދުވަހު އައްޑޫގައި އޯޕަން-ޑޭއެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
މި ލިއުމާއި ގުޅޭ