Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސަރުކާރު

ޕްލޭނިން މިނިސްޓްރީގައި 25،000 ރުފިޔާގެ މުސާރަ ލިބޭ ސިޔާސީ މަޤާމެއް އުފައްދައިފި

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގައި އާ ސިޔާސީ މަޤާމެއް އުފައްދައިފިއެވެ.
އެ މިނިސްޓްރީގައި އުފައްދާފައިވަނީ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމެވެ. އެ މަޤާމަށް އައްޔަން ކުރާ ބޭފުޅުންނަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ޖުމްލަ 25،000 ރުފިޔާ ލިބެއެވެ. މީގެ ކުރިން އެ މިނިސްޓްރީގައި އޮންނަނީ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުންގެ 8 މަގާމެވެ. ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާއެވެ.
އަލަށް އުފެއްދި މަގާމާއި އެކު މިހާރު އެ އޮފީހުގައި 9 މަގާމުވަނީ އުފައްދާފައެވެ. އެހެން ކަމުން ހަމައެކަނި ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުންގެ މަގާމުގައި ތިއްބަވާ ބޭފުޅުންނަށް އެކަނި މަހެއްގެ މައްޗަށް 225،000 ރުފިޔާ ދައުލަތުން ހަރަދުކުރަން ޖެހޭނެއެވެ. މިއަހަރަށް ސަރުކާރުން ފާސްކުރި ބަޖެޓުގައި ރެކޯޑު އަދަދަކަށް ސިޔާަސީ މަގާމު އުފެއްދުމަށް ވަނީ ކަނޑައަޅާފައެވެ. މިގޮތުން ޖުމްލަ 967 ސިާސީ މަގާމު މި އަހަރުގެ ނިޔަލަށް އޮންނާނެކަމަށް ލަފާކޮށްފައިވާއިރު އެ ފަރާތްތަކުގެ މުސާރައާއި އިނާޔަތްތަކަށް ޖުމްލަ 382،944،545 ރުފިޔާ ހަރަދުކުރަން ހަމަޖެހިފައިވެއެވެ.
2018 ވަނަ އަހަރުގެ ކެމްޕެއިންގެ ތެރޭގައި އެމްޑީޕީ އިން ވަނީ ރައީސް ސޯލިހްގެ ވެރިކަމުގައި ސިޔާސީ މުވައްޒަފުންގެ އަދަދު މަދު ކުރާނެ ކަމަށް ވައުދުވެފައެވެ. އެހެން ނަމަވެސް ރައީސް ސޯލިހްގެ ވެރިކަމުގައި ކޮންމެ އަހަރަކު ސިޔާސީ މުވައްޒަފުންގެ އަދަދު ދަނީ ގިނަ ވަމުންނެވެ.
މި ލިއުމާއި ގުޅޭ