Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލައިފް ސްޓައިލް

ތަފާތުގޮތަކަށް މަސާޖުކޮށްދޭ ސްޕާއެއް

ހަރުފަ ބޭނުންކޮށްގެން މަސާޖުކޮށްދޭ ސްޕާއެއް މިސްރުގައި ހުޅުވައިފިއެވެ.
އެ ސްޕާގެ ވެރިފަރާތް ކަމަށްވާ ސަފްވަތު ސެދްކީ ބުނެފައިވާ ގޮތުގައި އެ ސްޕާއިން ދޭ މަސާޖުން ހަށިގަނޑަށް ދެގޮތަކަށް އަރާމުވާނެ ކަމަށެވެ. މިގޮތުން މަސާޖު ކުރުމުން ހަށިގަނޑުގެ ލޭގެ ހިނގުން ރަނގަޅުވެ ދިފާއީ ނިޒާމު ރަނގަޅުވާނެ ކަމަށް އޭނާ ބުނެފައިވެއެވެ.
މި މަސާޖު ކުރަނީ ހަށިގަނޑުގައި ފުރަތަމަ ތެޔޮ ހޭކުމަށްފަހު 29 ވައްތަރުގެ ހަރުފަ އެމީހެއްގެ ހަށިގަނޑުގައި ހާކައެވެ. ނަމަވެސް މިއީ ހުސް ވިހަ ނުހުންނަ ވައްތަރުގެ ހަރުފަކަމަށް އޭނާ ބުނެފައިވެއެވެ.
"އަހަރުމެން ފުރަތަމަ މި މަސާޖު ތައާރަފްކުރި އިރު މީހުން ވަރަށް ބިރުގަތް. އެކަމަކު ފަހުން އެންމެންވެސް ވަރަށް ގަޔާވާ ކަމަކަށް މިކަން ވެއްޖެ" މިސްރުގެ ނޫހަކަށް ދިން ބަސްދީގަތުމެއްގައި ސަފްވަތު ބުނެފައިވެއެވެ.
ހަރުފަ އަކީ މަސާޖު ކުރުން ނޫނަސް ބޭސް ފަރުވާގެ އެހެން ބައެއް ކަންކަމަށް ބައެއް ޤައުމުތަކުގައި ބޭނުން ކުރާއެއްޗެކެވެ.
މި ލިއުމާއި ގުޅޭ