Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދީން

ގިނަ ގިނައިން މަރުމަތިން ހަނދާން ކުރޭ: ޚުތުބާ

ގިނަގިނައިން މަރުމަތިން ހަނދާން ކުރުމަށް މިއަދުގެ ޚުތުބާގައި ގޮވާލައިފިއެވެ.
މިއަހަރުގެ ފުރަތަމަ ޚުތުބާގައި ބުނެފައިވަނީ އިންސާނުން ދުނިޔެއަށް ފޮނުއްވުނީ އިމްތިހާނަކަށް ކަމަށާއި ދުނިޔޭގައި އުޅޭއިރު އަބަދުވެސް މަރުމަތިން ހަނދާން ކުރަން ޖެހޭނެކަމަށެވެ.
އަދި އިންސާނުން ދުނިޔެއަށް ފޮނުއްވާފައިވަނީ ހާއްސަ މަޤްސަދެއްގައި ކަމަށާއި އެއީ މާތް ﷲ އެންގެވި ގޮތަށް ހަތާތުގެ ދުވަސްތައް ހޭދަކުރުން ކަމަށް ޚުތުބާގައި ބުނެފައިވެެވެ. އަދި ކޮންމެ އިންސާނަކީވެސް އަދި ދުނިޔޭގައި ލައްވާފައިވާ ކޮންމެ މަހްލޫޤަކުވެސް މަރުގެ ރަހަ ދެކެން ޖެހޭނެކަން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ދުނިޔެއަކީ ދާއިމީ ތަނެއް ނޫން ކަމަށާއި މިއީ ހަމައެކަނި އާހިރަތް ބާއްޖަވެރި ކުރުމުގެ މައިދާނެެއްކަން ހަނދާންކޮށްދީފައިވެއެވެ. އަދި މި ތަނުގައި ހެޔޮ އަމަލުތައް ގިނަކޮށްފި މީހަކަށް އާޚިރަތުގައި ކާމިޔާބުއޮތްކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.
މީޣެ އިތުރުން ދުނިޔެގައި އުޅޭއިރު އަބަދުވެސް މަރުމަތިން ހަނދާކުރަން ކީރިތި ރަސޫލާ އިރުޝާދު ދެއްވާފައިވާކަންވެސް ޚުތުބާގައި ހަނދާންކޮށްދީފައިވެއެވެ. އަދި މަރުމަތިން ހަނދާން ކުރާ މީހުން އަޅުކަމުގެ ޝައުގު އުފެދެއެވެ. މީގެ އިތުރުން ތައުބާވުމާއި ފުދުންތެރިކަންވެސް އިތުރުވާނެ ކަމަށާއި މަރުމަތިން ހަނދާން ނުކުރާނަމަ އެފަދަ ނިއުމަތްތައް މިންވަރު ނުކުރައްވާނެކަމަށް ބުނެފައިވެއެވެ.
މަރުގެ ވަގުތު ސިފަކޮށް ޚުތުބާގައި ބުނެފައިވަނީ އެއީ ސުންޕާކަން ބޮޑު ވޭންދެނެވި ވަގުތެއް ކަމަށެވެ. އަދި މަރު ކުރިމަތިވާ ވަގުތު ވަރަށް ގިނަ ކަންކަން ހަނދާންވާނެ ކަމަށާއި ވަށައިގެންތިބި މީހުންނާއި ވާހަކަ ދައްކަން ބޭނުންވާނެ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން ދުނިޔޭގައި ހުރެ ތިމާއަށް ނުކުރެވި ހުރި ކަންކަންވެސް ކުރަން ބޭނުންވާނެ ކަމަށާއި ނަމަވެސް އެއިން އެއްވެސް ކަމެއް އެވަގުތުގައި ނުކުރެވޭނެކަމަށް ޚުތުބާގަިއ ބުނެފައިވެއެވެ.
މި ލިއުމާއި ގުޅޭ