Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ

އަހަރެއްތެރޭ އިންޑިއާ މީހުންނަށް ރާއްޖެއިން 5000 އަށްވުރެ ގިނަ ވަޒީފާ

މި ހިނގާ 2020 ވަނަ އަހަރު ދިވެހިރާއްޖެއިން އިންޑިއާ މީހުންނަށް 5000 އަށްވުރެ ގިނަ ވަޒީފާދީފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިއަހަރު ޖުމްލަ 11،130 ބިދޭސީންނަށް ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ ދީފައިވާކަމަށެވެ. އަދި އޭގެ ތެރެއިން އެންމެ ގިނަ ފުރުސަތު ދީފައިވަނީ އިންޑިއާ މީހުންނަށެވެ. މިގޮތުން އިންޑިއާގެ 5223 ފަރާތަކަށް ވަނީ ރާއްޖެއިން ވަޒީފާގެ ފުރުސަތު ދީފައެވެ.

ވަޒީފާގެ ފުރުސަތު އެންމެ ގިނައިން ދީފައިވާ ޤައުމުތައް

  • އިންޑިއާ: 5223
  • ސްރީލަންކާ: 1829
  • ޗައިނާ: 757
  • ނޭޕާލް 650
  • ފިލިޕީންސް: 389
  • އިންޑޮނޭޝިއާ: 367
  • ތައިލޭންޑް: 238
  • ބަންގްލަދޭޝް: 181
  • ތުރުކީ: 160
  • މިސްރު: 108
  • ޕާކިސްތާނު: 80
އިންޑިއާ މީހުންނަށް އެންމެ ގިނައިން ވަޒީފާގެ ފުރުސަތު ދީފައިވަނީ މިއަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަހުގައެވެ. މިގޮތުން ޖެނުއަރީ މަހު 941 އަދި ފެބްރުއަރީ މަހު 1018 މީހުންނަށް ހުއްދަ ދީފައިވެއެވެ. އަދި މި ހިނގާ ޑިސެމްބަރު މަހު އެކަނިވެސް 718 މީހުންނަށް ފުރުސަތު ދީފައިވެއެވެ.
ގިނަ އަދަދެއްގެ އިންޑިއާ މީހުންނަށް ރާއްޖޭގައި ވަޒީފާ އަދާކުރުމުގެ ހުއްދަ ދީފައިވާއިރު، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިސް މަޤާމުތަކަށްވެސް އިންޑިއާ މީހުންދަނީ އައްޔަން ކުރެވެމުންނެވެ. މިގޮތުން ދާދި ފަހުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ މެނޭޖްމެންޓް މަޤާމަކަށްވެސް އިންޑިއާ މީހަކު އައްޔަންކޮށްފައިވެއެވެ.
މީގެ އިތުރުން މިއަހަރު ތެރޭ ދިވެހިރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދުވެސް ވަނީ އިތުރުކޮށްފައެވެ. އަދި ސަރުކާރުން ވަނީ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު ހާމަކޮށްފިނަމަ ޤައުމީ ސަލާމަތަށް ނުރައްކާވާނެ ކަމަށްބުނެ އެ އަދަދު ސިއްރުކޮށްފައެވެ.
މި ލިއުމާއި ގުޅޭ