Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ހިޔާ ފްލެޓު ލިބިފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ތަރައްޤީކުރި ހިޔާ ފްލެޓުތައް ލިބިފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓުގައި، ދިރިއުޅުމުގެ ހާލަތަށް މާކްސްދިން ގޮތާއި މެދު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ.
ފްލެޓުތަކުގެ މައްސަލަ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮމިޓީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ "ހިޔާ" މަޝްރޫއުގެ ދަށުން އެ ކޮމިޓީން ދިރާސާކޮށްފައިވާ ކެޓެގަރީތަކުގެ ތެރެއިން "ދިރިއުޅުމުގެ ހާލަތު" ބައިން ޕޮއިން ދެވިފައިވާ ގޮތުގެ މިންގަނޑު ކޮމިޓީން އިއުލާންކޮށްފައިވަނީ H7 ފިޔަވައި އެހެން ކެޓަގަރީތަކުގެ ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވުމަށްފަހުކަމަށް ބަޔާންކޮށް އެކި ފަރާތްތަކުން އެ ކޮމިޓީއަށް ޝަކުވާ ހުށަހަޅަމުންދާކަމަށެވެ. އަދި އެހެންކަމުން އެ ހުރިހާ ފަރާތްތަކަށްވެސް ޝަކުވާ ހުށަހެޅުމަށް ހަމަހަމަ ފުރުސަތު ދިނުމަށާއި، އިންސާފުވެރިކަމާއެކު ކޮމިޓީގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް، ކޮމިޓީއިން ނެރެފައިވާ ވަގުތީ ލިސްޓްތަކުގައި "ދިރިއުޅުމުގެ ޙާލަތު" ބަޔަށް ޕޮއިންޓް ދީފައިވާގޮތާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، މިއަދު، 30 ޑިސެންބަރު 2020 އިން ފެށިގެން 5 ޖަނަވަރީ 2021 ގެ 15:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
އަދި ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން https://hcp.presidency.gov.mv މެދުވެރިކޮށް ޝަކުވާ ހުށަހެޅުމަށް ވަނީ އެދިފައެވެ. ޝަކުވާ ހުށަހެޅޭނީ ހަމައެކަނި ދިރިއުޅުމުގެ ހާލަތު ބައިން ޕޮއިންޓު ދެވިފައިވާ ގޮތާއި ގުޅޭ ގޮތުން ކަމަށް ކޮމިޓީން ވަނީ ބުނެފައެވެ. އަދި މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 3010718 އަށް ގުޅުމަށްވަަނީ އެދިފައެވެ.

އަލުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި ހުޅުވާލީ، އެ ފުރުސަތު ގެއްލުނު ފަރާތްތަކުން، އާންމުންގެ އެކުވެރި ގުޅުން ޖަމިއްޔާގެ އިސް ނެގުމާއި އެކު އެ މައްސަލަ މިދިޔަ ހަފްތާގައި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައި ވަނިކޮށްކަން ފާހަގަކޮށްލެވެއެވެ.
މި ލިއުމާއި ގުޅޭ