Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ފުލުހުންގެ ތެރޭގައި ބްލެކްމެއިލްވެފައި ތިބި ބަޔަކު އެބަތިބި: ދޮންބިލަތް

ފުލުހުންގެ ތެރޭގައި ބްލެކްމެއިލްވެފައިވާ ބަޔަކު އެބަތިބި ކަމުގައި ރައްޔިތުންގެ މަޖިލިހުގެ ބިލަތްދޫ ދާއިރާ މެންބަރު އަޙްމަދު ޙަލީމް (ދޮންބިލަތް) ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ "ޚަބަރަށްފަހު" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ދޮންބިލަތް ވިދާޅުވީ އެމްޑީޕީއަށް ރައްޔިތުން މަޖިލިހުގެ އަޣުލަބިއްޔަތު ލިބުމުން ކުރި އެންމެ މުހިއްމު މަސައްކަތަކީ ފުލުހުންގެ ޚިދުމަތުގެ ބިލުގެ މަސައްކަތް ކަމުގައެވެ. އަދި އެ ބިލު ރައީސް ތަޞްދީޤުކުރައްވައި މިހާރު ޤާނޫނަކަށްވެފައިވާކަން ފާހަގަކުރައްވައި ދޮންބިލަތް ވިދާޅުވީ އެ ބިލާއެކު ފުލުހުންގެ މުއައްސަސާ އިޞްލާޙުވެގެންދާނެ ކަމުގައެވެ.
އޭނާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ފުލުހުންގެ ތެރޭގައި ވަރަށް ތަޢުލީމީ އިޚުލާޞްތެރި ޚިދުމަތްތެރިން އެބަތިބި ކަމުގައެވެ. ނަމަވެސް އޭގެ ތެރޭގައި ބްލެކްމެއިލުވެފައިވާ ބަޔަކު ތިބި ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. އަދި ބްލެކްމެއިލު ވެފައި ތިބި ފުލުހުންނަކީ "ބަޣާވާތު"ގައިވެސް ބައިވެރިވެފައިވާ، އެމްއެމްޕީއާރުސީ ޚިޔާނާތާއި ފެންފޯއް ރުއްތައް ނެއްޓުމުގައިވެސް ހިއްސާވާ ފުލުހުން ކަމުގައި އޭނާ ވިދާޅުވިއެވެ.
އަދި ފުލުހުންގެ ތެރޭގައި ތިބި ބްލެކްމެއިލްވެފައިވާ މީހުން ކޮންމެ ގޮތެއް ހަދައިގެންވެސް އެމްޑީޕީ ނޫން ގޮތެއް ހޯދުމަށް ބޭނުންވާ ކަމުގައިވެސް ޙަލީމް ވިދާޅުވިއެވެ. އަދި ސުޕްރީމް ކޯޓުގައި ކުރީގައި ތިއްބެވި ފަނޑިޔާރުންވެސް އެމްޑީޕީ ނޫން ގޮތެއް ބޭނުންވެވަޑައިގަންނަވާ ކަމުގައި ދޮންބިލަތް ވިދާޅުވިއެވެ. އަދިޮ އެފަރާތްތަކަށް އެމްޑީޕީ ނޫން ކޮންމެ ފަރާތެއް ވެރިކަމަށް ގެނެވުނަސް ވަރިހަމަވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރަށް އިންތިޤާލީ އިންސާފުގެ ޤާނޫނާ ގުޅޭ ގޮތުންވެސް ދޮންބިލަތް ވާހަކަދެއްކެވިއެވެ. އޭނާ ވިދާޅުވީ އެ ބިލުގެ ބޭނުމަކީ ބަދަލުހިފުން ނޫން ކަމަށެވެ. އޭގެ ބޭނުމަކީ ތަޢައްޞުބާއި ޒާތީ ޙަސަދައިން ސަލާމަތްވުން ކަމަށާއި، އެ ބިލަކީ އެއްބަސްވުމާއި މަޢާފަށް އެދުމާއި، މަޢާފުދިނުމުގެ ބިލެއް ކަމުގައި ޙަލީމް ވިދާޅުވިއެވެ. އަދި ކުށްވެރިވާ މީހާ މަޢާފަށް އެދުމާއި މަޢާފު ދިނުމަކީ އިންސާފުގެ ބާވަތެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ