Wednesday 12th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

އަންނަ އަހަރު އޮންނާނެ ދޫކޮށްލައިގެން ނުވާނެ ބައެއް ކުޅިވަރު ހަރަކާތްތައް

އަންނަ އަހަރަކީ ދުނިޔޭގައި ފާހަގަކޮށްލެވޭ މުހިއްމު ކުޅިވަރު ހަރަކާތްތައް ބޭއްވުމަށް ނިންމާފައިވާ އަހަރެކެވެ. އެއިން ބައެއް ހަރަކާތްތަކަކީ އެއްވެސް ގޮތަކަށް ދޫކޮށްލެވެން ނެތް ކޮންމެހެންވެސް ބަލަންޖެހޭ ހަރަކާތްތަކެވެ.

އޮސްޓްރޭލިއަން އޮޕެން

ކޮވިޑުގެ ޒަމާނުގައި ބާއްވާ ގްރޭންޑް ސްލޭމްގެ ތިންވަނަ މުބާރާތަކީ އޯސްޓްރޭލިއަން އޮޕަންއެވެ. މި މުބާރާތް އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ 8 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހަށެވެ. މިއީ ކޮންމެވެސް މިންވަރެއްގެ އާންމު ޙާލަތަކަށް ރުޖޫޢަވުމުގެ އުންމީދުތަކާއެކު ފަށާ އައު އަހަރުގައި ބާއްވާ މުހިއްމު އެއް މުބާރާތެވެ. މި މުބާރާތް ބާއްވަނީ ބާއްވަން ފުރަތަމަ ތާރީޚަށްވުރެ ފަހުންނެވެ. އަދި ސިޑްނީގައި ކުޅުންތެރިން ތިބުމާއި ތަމްރީނުތައް ހެދުން ފަދަ ހުރިހާ ކަމެއްވެސް ހިންގާނީ ވަރަށް ގިނަ ހިފަހެއްޓުންތަކާއެކުއެވެ.

ފޯމިއުލާ ވަން ވޯލްޑް ޗެމްޕިއަންޝިޕް

ފޯމިއުލާވަން މުބާރާތްތައް މިހާތަނަށް އެންމެ ގިނައިން ކާމިޔާބުކުރި މައިކަލް ޝުމެކާގެ ރެކޯޑާ އެއް މިންވަރަށް ދުނިޔޭގެ 7 މުބާރާތައް ކާމިޔާބުކޮށްފައިވާ ލުއިސް ހަމިލްޓަން އަންނަ އަހަރުގެ މުބާރާތަށް ނުކުންނާނީ ޝޫމޭކާގެ މައްޗަށް ކުރި ހޯދުމަށެވެ. އެހެންނަމަވެސް މި މުބާރާތް ވެގެންދާނީ މިހާތަނަށް އެންމެ ދިގުލައިގެންދާ މުބާރާތް ކަމުގައެވެ. 23 ރޭހުގެ މައްޗަށް އެކުލެވޭ މި މުބާރާތުގެ އެންމެ ފަހު ރޭސް އޮންނާނީ 28 ނޮވެންބަރުގައި ސަޢުދީ ޢަރަބިއްޔާގައެވެ. މި މުބާރާތް 21 މާޗުން 5 ޑިސެންބަރަށް ކުރިއަށްދާނެއެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލް

ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލާ އެއް މުބާރާތްކަމުގައި ޔޫރަޕު ލީގުތަކުގެ އެންމެ ވަރުގަދަ ޓީމުތަކުގެ މެދުގައި ކުޅެވޭ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އަންނަ އަހަރުގެ މޭ މަހުގެ 29 ވަނަ ދުވަހު އޮންނާނެއެވެ. މިއީ 2020 ވަނަ އަހަރުގެ ޗެމްޕިއަން ލީގުގެ ފައިނަލެވެ. މި މެޗު އޮންނާނީ ތުރުކީގެ އަތާތުރުކު ސްޓޭޑިއަމުގައެވެ.

ޔޫރޯ 2020

ޔޫރޯއަކީ ދުނިޔޭގެ ވާދައިގެ ތައްޓަށް ކުޅޭ ފުޓުބޯޅަ މުބާރާތް ފިޔަވައި ދެން އޮންނަ އެންމެ ބޮޑު މުބާރާތެވެ. އެ މުބާރާތް އަންނަ އަހަރުގެ ޖޫން މަހުގެ 11 ވަނަ ދުވަހުން ޖުލައި މަހުގެ 11 އަށް ކުރިއަށްދާނެއެވެ. މި މުބާރާތުގެ މެޗުތައް ވިލާތުގެ އެންމެ ވަރުގަދަ ޝަހަރުތަކުގައި އޮންނާނެއެވެ. އޭގެ ތެރޭގައި ރޯމާއި، ބާކޫއާއި ޑަބްލިންގެ އިތުރަށް ބިލްބާއޯ ހިމެނެއެވެ. ފައިނަލް މެޗު އޮންނާނީ ވެމްބްލީ ސްޓޭޑިއަމުގައެވެ.
މި ލިއުމާއި ގުޅޭ