Wednesday 3rd Mar 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

އަނބިކަނބަލުންގެ ގެއަށް ފުރަތަމަ ވަޑައިގެންނެވި ދުވަހު ރައީސް ފެއްޓެވީ ކީރިތިކުރައްވަން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފަޒްނާ އަޙްމަދުގެ ގެއަށް ވަޑައިގެންނެވި ފުރަތަމަ ދުވަހު ފެއްޓެވީ ކީރިތިކުރައްވަން ކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ދިވަހިރާއްޖޭގެ އަޑަށް 58 އަހަރު ފުރުމުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "ބާއްޖަވެރި ހެނދުނެއް"ގެ ޚާއްޞަ ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު އަނބިކަނބަލުން ފަޒުނާއާ އެންމެ ފުރަތަމަ ބައްދަލުވެވަޑައިގަތީ 80ގެ އަހަރުތަކުގެ ކުރީކޮޅުގައި ކަމަށެވެ. އަދި އެމަނިކުފާނާ ބައްދަލުވެވަޑައިގެންނެވި ތާރީޚު ކަމަށް ވިދާޅުވެ ތާރީޚެއް ފަޒުނާ ކޮންމެވެސް އެއްޗެއްގެ ޕާސްވޯޑެއްގެ ގޮތުގައި ގެންގުޅުއްވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު މާލެއަށް ކިޔަވާވިދާޅުވުމަށް ވަޑައިގެން އެންމެ ފުރަތަމަ ވަޑައިގެންނެވީ މެޑަމް ފަޒްނާގެ ގެއަށް ކަމުގައެވެ. އެއީ ފަޒްނާގެ ބައްޕައާއި ރައީސްގެ ބައްޕައާ ދެމެދުގައި އޮންނަ ގާތް ގުޅުމެއްގެ ސަބަބުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަޅުގަނޑު ކުޑައިރު މާލެ ގެނެސް އެންމެ ފުރަތަމަ ކިޔަވަން ބެހެއްޓީ ފަޒޫމެންގޭގައި. އެއީ އަޅުގަނޑު ބައްޕައާއި ފަޒޫ ބައްޕައާ ވަރަށް ގާތްވާނެ. ވިޔަފާރީގެ ގުޅުން ވެސް އޮންނާނެ. އަޅުގަނޑު ގެ ދެ ދައްތައިން ވެސް ތިބީ އެ ގޭގައި. އަޅުގަނޑު މާލެއައީ މާމައާއެކީގައި ބޮޑުބޭބެ ކައިރީ ހުރެފައި މާމަ ފުރަންވީމަ އެގެއަށް ގެންދިޔައީ. ގެންދިޔައިން އަޅުގަނޑު ނުހުރިން އެގެއަކު. ރޯންފެށީ. ރޯންފެށި ގޮތަށް އެރޭ 12 ޖަހަންދެން ހުއްޓާނުލާ ރުއީ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު
އަދި އެ ދުވަހަކީ އެންމެ ފުރަތަމަ ފަޒްނާއާ ބައްދަލުވެވަޑައިގެންނެވި ދުވަސްކަމުގައިވުން އެކަށީގެންވާ ކަމަށާއި، އެ ދުވަހު އެ ގޭގައި ނުހުންނަވަން ކީރިތިކުރެއްވި ނަމަވެސް މިއަދު ޖެހިވަޑައިގެންފައިވަނީ ދެ ބޭފުޅުން އެކީގައި އެއްގެއެއްގައި އުޅުއްވަން ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރަށް އެމަނިކުފާނުގެ އުފަން ރަށް ޅ.ހިންނަވަރުގައި އެމަނިކުފާނުގެ އަމިއްލަ ގޯތްޗެއް އޮންނަ ކަމަށާއި އަދި މިހާތަނަށް އެ ގޯތީގައި ގެއެއް ބިނާކުރެއްވިފައިނުވާ ކަމުގައި ވިދާޅުވެ، އަހަރަކު ދެ ފަހަރު ނަމަވެސް ރަށުގައި ޗުއްޓީ ހޭދަކުރެއްވުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ