Friday 22nd Jan 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ޕޮލިސް ކޮމިޝަނަރަށް ފުރިހަމައަށް އިތުބާރުކުރަން - މަސައްކަތްކުރަނީ ޕްރޮފެޝަނަލްކޮށް : ޢިމްރާން

ޕޮލިސް ކޮމިޝަނަރ މުޙައްމަދު ޙަމީދަށް ފުރިހަމައަށް އިތުބާރު ކުރައްވާ ކަމަށާއި އޭނާ މަސައްކަތް ކުރައްވަނީ ވަރަށް ޕްރޮފެޝަނަލްކޮށް ކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. ޢިމްރާން މިހެން ވިދާޅުވީ މިހާރު އޮންލައިންއަށް ދީފައިވާ އިންޓަވިއުއެއްގައެވެ.

ކޮމިޝަނަރު ކަމުގެ މަޤާމުގައި ޙަމީދު ހުންނަވައިގެން އިންސާފުވެރިކަމާއެކު އެމްޑީއެންގެ ރިޕޯޓްގެ ތަޙްޤީޤް ކުރިއަށް ނުގެންދެވޭނެ ކަމަށް ބައެއް ފަރާތްތަކުންދަނީ ބުނަމުންނެވެ. މިގޮތަށް ބުނަމުންދަނީ ބޭރުގެ ކޮންފަރެންސެއްގައި އެމްޑީއެންގެ ޑެޕިއުޓީ ޗެއަރގެ ޙައިސިއްޔަތުން އެޖަމްޢިއްޔާ ތަމްސީލް ކޮށްފައިވާ ވީޑިއޯއެއް ދައުރުވަމުން ދިއުމާ ގުޅިގެންނެވެ. ނަމަވެސް ޢިމްރާންވަނީ ތަޙްޤީޤް އިންސާފުވެރި ނުވާނެކަމަށް ބުނަމުންދާ ދިއުން ދޮގު ކުރައްވާފައެވެ. އިމްރާން ވިދާޅުވީ ފުލުހުންގެ އިދާރާއަށް ހުށައެޅޭ މައްސަލަ ތަކުގައި ކޮމިޝަނަރ ޢަމަލުކުރައްވަނީ ވަރަށް ޕްރޮފެޝަނަލް ކޮށް ކަމަށެވެ.އަދި ފުލުހުންނަށް ހުށަހަޅާ ބޮޑެތި މައްސަލަތަކާއި މުޖުތަމައުގައި ހިނގާ ބޮޑެތި ކަންކަމުގައި ވެސް ކޮމިޝަނަރު މަސައްކަތް ކުރައްވަނީ ވަކި ކޮޅަކަށް ނުޖެހި ގާނޫނީ އިމުގެ ތެރެއިން ކަމުގައެވެ.

މި އިންޓަވިއުގައި އެމްޑީއެންގެ ރިޕޯޓްގެ ތަޙްޤީޤް ކުރިއަށްދާ މިންވަރު ލަސްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށްވެސް ޢިމްރާން ވިދާޅުވިއެވެ. ކޮމިޝަނަރއެއްގެ ގޮތުގައި ހުންނަވައިގެން މަސައްކަތްތައް ފުރިހަމައަށް ތަރުތީބުން އަދާކުރައްވަމުން ގެންދަވާ ކަމަށްވެސް ޢިމްރާން ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ