Wednesday 3rd Mar 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

މަރޮށީ ޞިއްޙީ މަރުކަޒުގައި ކަރަންޓު ނެތި މިއަދަށް ފަސް ދުވަސްވެއްޖެ

ށ.މަރޮށި ޞިއްޙީ މަރުކަޒުން ކަރަންޓު ކެނޑި، ކަރަންޓު ނެތުމުގެ ސަބަބުން ބައެއް ޚިދުމަތްތައް އެއްގޮތަކަށް ނުދެވި ދިގުލައިގެންގޮސް މިއަދަށް ފަސް ދުވަސްވެފައިވެއްޖެއެވެ.
މަރޮށި ރަށު ކައުންސިލުގެ މެންބަރަކު "ދިޔަރެސް" ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ 600އެއްހައި މީހުންގެ އާބާދީއެއް ދިރިއުޅޭ އެ ރަށުގެ ޞިއްޙީ މަރުކަޒުން ކަރަންޓު ކެނޑުނީ މި ހަފުތާ އާދީއްތަ ދުވަހުގައި ކަމަށެވެ. ކަރަންޓު ކެނޑުނު ސަބަބެއް ކަމުގައި އޭނާ ވިދާޅުވީ ވަޔަރިންގެ މައްސަލައެއް މެދުވެރިވުން ކަމުގައެވެ.
ކަރަންޓު ނެތުމުގެ ސަބަބުން ޞިއްޙީ މަރުކަޒުގައި ރައްކާކޮށްފައިވާ ތުއްތުކުދިންގެ ވެކްސިންވެސް މިވަގުތު ރައްކާކޮށްފައިހުރީ ރަށުގައި ހުންނަ ބޭސް ފިހާރައެއްގައި ކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ. އޭނާ އިތުރަށް ވިދާޅުވީ މިހާރުވެސް މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ހެލްތު މިނިސްޓްރީގައި ދަންނަވައިގެން މަސައްކަތްކުރަމުންދާ ކަމުގައެވެ. ނަމަވެސް އެކަމުގައި އެއްވެސް ކާމިޔާބެއް ލިބިފައިނުވާތީ ކައުންސިލުގެ ކަންބޮޑުވުން ހުރި ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
މިހާރުވެސް މުހިއްމު ޚިދުމަތްތައް ހޯދުމަށް އެމަޖެންސީކޮށް ދާ ބަލި މީހުންވެސް އެކަށީގެންވާ ފަރުވާއެއް ނުދީ ޞިއްޙީ މަރުކަޒުން ދެވެންހުރި ޚިދުމަތްތައް ނުދީ އަނބުރާ ފޮނުވައިލަންޖެހޭ ޖެހުމަކީ މުވައްޒަފުންވެސް އަދި ކައުންސިލުންވެސް ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ.
އަދި އޭނާ ވިދާޅުވި ގޮތުގައި މަރުކަޒުގައި ކަރަންޓު ނެތުމުގެ ސަބަބުން އެތެރޭގައި ތިބެން އުދަގޫވެ ގިނަ މުވައްޒަފުން ގޮނޑިއަޅައިގެން ތިބެންޖެހިފައިވަނީ މަރުކަޒުގެ ގޯތި ތެރޭގައެވެ. އެހެންކަމުން މިނިސްޓްރީން މިކަމަށް އަވަސް ހައްލެއް ހޯދައިދޭނެ ކަމުގައި ވަރަށް ބޮޑަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ