Sunday 17th Jan 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލައިފް ސްޓައިލް

ދިހަ އަހަރުކުރިން ޢަރަބި އިންޤިލާބުތައް ފެށުމުގެ ސަބަބަކަށްވި މުޙައްމަދު އަލް-ބޫޢަޒީޒީގެ ވާހަކަ އެނގޭތަ؟

މީގެ 10 އަހަރު ކުރިން ތޫނިސްގެ ރައްޔިތުން އެ ޤައުމުގައި އެއިރު ވެރިކަން ކުރައްވަމުން ގެންދެވި ރައީސް ޒައިނުލް ޢާބިދީން ބިން ޢަލީއާ ދެކޮޅަށް އިހުތިޖާޖުކޮށް މުޒާހަރާކުރަން ފެށީ ތޫނިސްގެ ގަވާނޭޓެއް ކަމުގައިވާ ސީދީ ބޫޒައިދުގައި ޒުވާނަކު އަމިއްލަ ހަށިގަނޑުގައި އަލިފާން ރޯކޮށް މަރުވުމާ ގުޅިގެން އުފެދުނު ނުތަނަވަސްކަމާއި ހިތްހަމަނުޖެހުމުގެ ސަބަބުންނެވެ. އެ އިހުތިޖާޖުތަކުގެ ރޫޙު ތޫނިސްގެ އިންތައް ފަހަނައަޅައި މިޞްރާއި ސޫރިޔާއާއި، ލީބިޔާއަށް ދެމިގެން ގޮސް އެ ޤައުމުތަކުގައިވެސް ޢަރަބިން މިނިވަންކަމާއި ޑިމޮކްރަސީއަށް ގޮވައިލާ އިހުތިޖާޖުކޮށް ސަރުކާރުތައް ބަދަލުކުރުމަށް ނުކުތެވެ. މި އިންޤިލާބުތަކަށް "ޢަރަބި ބަހާރު" ނުވަތަ ރަބީޢުލް ޢަރަބީގެ ނަންދެވުނެވެ.

މުޙައްމަދު އަލްބޫޢަޒީޒީއަކީ 9 ފަރުދުންގެ މައްޗަށް އެކުލެވުނު ޢާއިލާއަކަށް ނިސްބަތްވާ ޒުވާނެކެވެ. އޭނާގެ ބައްޕައަކީ ލީބިޔާގައި މަސައްކަތްކުރި މީހެކެވެ. މުޙައްމަދުގެ ޢުމުރުން އެންމެ ތިން އަހަރުގައި އޭނާގެ ބައްޕަ މި ދުނިޔެ ދޫކުރިއެވެ. އެހިސާބުން އޭނާގެ މަންމަ އެހެން މީހަކާ ކާވެނިކުރިއެވެ. މުޙައްމަދުގެ ބައްޕައަކީ ބަލި މީހަކަށްވެފައި މަސައްކަތްނުކުރެވޭ މީހަކަށްވާތީ އުމުރުން 10 އަހަރުން ފެށިގެން މުޙައްމަދު ނުކުތީ މަސައްކަތަށެވެ. ސިފައިންގެއިންނާއި އެ ނޫންވެސް ދިމާތަކުން ވަޒީފާއެއް ލިބޭތޯ މަސައްކަތްކުރި މުޙައްމަދަކީ ސާނަވީ ތަޢުލީމު ފުރިހަމަނުކުރާ ޒުވާނެކެވެ. ސީދީބޫޒައިދުގެ މަގުމަތީގައި މޭވާ ވިއްކާ ގާޑިޔާއެއް ހިފައިގެން ނުކުމެ، އެ މޭވާ ވިއްކައިގެން މަހެއްގެ މައްޗަށް ގާތްގަނޑަކަށް 140 ޑޮލަރު ޢާއިލާއަށް ހޭދަކުރަން އޭނާ ހޯދައެވެ.

2010 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހު އާދައިގެ މަތިން މުޙައްމަދު އުޅުނީ މޭވާ ވިއްކާށެވެ. އެންމެ ފުރަތަމަ އޭނާއަށް ފުލުހުން ހުރަސްއެޅީ މަގުމަތިން އޭނާ ބާޒާރަށް ދާން އުޅެނިކޮށެވެ. އޭނާގެ އަތުގައި ހުރި މޭވާތައް އަތުލައި ގާޑިޔާ ފޭރިގަތުމަށް ފުލުހުން މަސައްކަތްކުރިއެވެ. މި މަސައްކަތުގައި އިސްކޮށް ހުރީ ފާދިޔާ ޙަމްދީ ނަމަކަށް ކިޔުނު އަންހެން ފުލުހެކެވެ. މި މަންޒަރު ފެނުމުން މުޙައްމަދުގެ ބޮޑުބޭބެ އެ ސަރަހައްދުގެ ފުލުހުންގެ އިސްވެރިޔާއަށް ގުޅިއެވެ. އެ ހިސާބުން މުޙައްމަދު ދޫކޮށްލުމަށް ފުލުހުންގެ ވެރިޔާ އަމުރުކުރެއްވިއެވެ. އެ ވަގުތަށް އޭނާ ދޫކޮށްލުމަށްފަހު ފާދިޔާއާއި އޭނާއާއެކު ތިބި ފުލުހުން ދިޔައެވެ.

ނަމަވެސް ފަހުގެ ވަގުތެއްގައި ބާޒާރަށް ފާދިޔާއާއި އޭނާގެ އެކުވެރި ފުލުހުން ދިޔައެވެ. ގޮސް މުޙައްމަދުގެ ގާޑިޔަލުގައި ހުރި މުދާ އަތުލަން ފެށިއެވެ. އެކަމަށް ހުރަސްއަޅަން މުޙައްމަދު މަސައްކަތްކުރުމުން ބާޒާރުގައި ޖަމާވެ ތިބި އެންމެންގެ ކުރިމަތީގައި ފާދިޔާ މުޙައްމަދުގެ ކަންކަށި މަތީގައި ވަރަށް ބާރަށް ޖެހިއެވެ. އެތަނަށް އެއްވެ ތިބި ބައެއް މީހުން ނޫސްތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި މުޙައްމަދު ރޮއެރޮއެފައި އޭނާއާމެދު އިހާނެތިކޮށް އަމަލުކުރާ ސަބަބާމެދު ސުވާލުކުރިއެވެ. އަދި އޭނާ ބޭނުންވަނީ ހަމައެކަނި މަސައްކަތްކުރަން ކަމުގައިވެސް ބުންޏެވެ.

މި ޙާދިސާއަށްފަހު އޭނާއާމެދު ކަން ހިނގައިދިޔަ ގޮތުގެ ޝަކުވާއެއް އެ ސަރަހައްދުގެ ވެރިއަކާ ހަމައަށް ގެންދިއުމަށް އޭނާ މަސައްކަތްކުރިއެވެ. ނަމަވެސް އެކަމުގައި ނާކާމިޔާބުވުމާއެކު، ކުރިމަތިވި ނާއުންމީދުގައި އެ ރަށުގެ މައި އިދާރާ ކުރިމައްޗަށް ގޮސް ހަށިގަނޑަށް ޕެޓުރޯލު އަޅައި، އަމިއްލަ ހަށިގަނޑުގައި ރޯކޮށްލިއެވެ. ފާދިޔާ ޙަމްދީވަނީ އަލްބޫޢަޒީޒީ މޫނުމަތީގައި ނުޖަހާކަމަށް ބުނެ ދިފާޢުވުމަށް މަސައްކަތްކޮށްފައެވެ.

މަންޒަރު ދުށް މީހުން ކިޔައިދިން ގޮތުގައި މުޙައްމަދު މޫނުމަތީގައި ޖެހުމަށްފަހު އޭނާއާ ދިމާލަށް ފާދިޔާ ފަރަންސޭސި ބަހުން ބުނީDégage ނުވަތަ ޢަރަބި ބަހަށް ތަރުޖަމާކުރުމުން "އިރްޙަލް" ނުވަތަ ދަހަރޭ، މި އިބާރާތެވެ. މި ޢިބާރާތް ވެގެންދިޔައީ ޢަރަބި ރަބީޢުގެ އިހުތިޖާޖުތަކުގައި ބޭނުންކުރި ޝިޢާރު ކަމުގައެވެ.

މި ލިއުމާއި ގުޅޭ