Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ކޮވިޑު-19 ޖެހިގެން ލަންކާގައި ނިޔާވާ މުސްލިމުން ރާއްޖޭގައި ވަޅުލާންޖެހޭ ޝަރުއީ މަސްލަހަތެއް ނެތް: އަބްދުﷲ

ކޮވިޑު-19 ޖެހިގެން ލަންކާގައި ނިޔާވާ މުސްލިމުންގެ ހަށިތައް ރާއްޖެއަށް އުފުލައި ޖަނާޒާގެ ކަންކަން ހަމަޖެއްސުމުގެ ޝަރުއީ މަސްލަތެއް އޮތްތަން ފެންނަން ނެތް ކަމަށް ޖަމިއްޔަތުއް ސަލަފުގެ ރައީސް ޝެއިހް އަބްދުﷲ ބިން ޖަނާބު ވިދާޅުވެއްޖެއެވެ.
ޝެއިހް އަބްދުﷲ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. އަދި ޝަރުއީ މަސްލަހަތެއް އެކަމުގައި ފެންނަން ނެތް ސަބަބުތައްވެސް ޝެއިހް ވަނީ ވިދާޅުވެ ދެއްވާފައެވެ. އެ ސަބަބުތަކަކީ
1- ޝަރުޢީ އުޒުރެއް ނެތި މަރުވާ ރަށުން އެހެންތަނަކަށް މައްޔިތާ ބަދަލުކުރުމަކީ އެދެވޭ ކަމަކަށް ނުވުން.
2- މައްޔިތާ ވަޅުލުން އަވަސްކުރުމާ ފުށުއެރުން
3- ސްރީލަންކާގެ ބިމުގައި ތަނަވަސްކަން އޮވެމެ، ދިވެހިރާއްޖެ ފަދަ އާބާދީގެ ނިސްބަތުން ބިން ދަތި،އަދި ރައްޔިތުންގެ ޖަނާޒާއަށް ވެސް ބިމުގެ ދަތިކަން މިހާރުވެސް އޮތުން.
4- އުޒުރެއްގެ ގޮތުގައި ހާމަކޮށްފައިވާ ސަބަބަކީ ޢުޒުރެއްކަމުގައިބަލާނެ ޖާގަނެތުން.
5- މިކަން އެދިފައިވާކަމަށްވަނީ ސްރީލަންކާގެ ސަރުކާރުން ކަމަށްވީ ހިނދު،ލަންކާގެ ޢިލްމުވެރިންގެ ބަހެއް އޮތްތޯއާއި، އަދި އިސްލާމީ އުޞޫލުތަކާއި އެއްގޮތަށް ވަޅުލުމަށް ލަންކާ މުސްލިމުން އިންކާރުކޮށްފައިވާކަން ފެންނަން ނެތުން
6- އިސްލާމީ އުޞޫލުތަކާއި އެއްގޮތަށްވަޅުލުމަށް ބިންދަތި ތާކަށް،މައްޔިތާ،ނަޤުލްކުރުމުގެ ބަދަލުގައި،ދިވެހީން ލަންކާއަށް ފޮނުވައިދީގެން އެކަން ހަމަޖެއްސުމުގައި ޚަރަދު ކުޑަވުމާއި، ދިމާވެދާނެ އެތައް މައްސަލައެއް ނުނިކުންނަފަދަ ގޮތަށް ހަމަޖެއްސުމުގެ ޤާބިލުކަން ސަރުކާރަށް އޮތުން.
ސްރީލަންކާގައި ކޮވިޑު-19 ޖެހިގެން މަރުވާ އެންމެންވެސް ދަނީ އަންދަމުންނެވެ. އެކަމާ ގުޅިގެން އެ ޤައުމުގެ މުސްލިމުން އަންނަނީ ނުރުހުންފާޅު ކުރަމުންނެވެ. އެ ޤައުމުގެ ސަރުކާރުން ވަނީ އެ ޤައުމުގައި ކޮވިޑު-19 ޖެހިގެން މަރުވާ މުސްލިމުންގެ ޖަނާޒާގެ ކަންކަން ރާއްޖޭގައި ކުރިއަށް ގެންގޮސް ދިނުމަށް ސަރުކާރުގައި އެދިފައެވެ. އަދި ސަރުކާރުން ވަނީ އެކަން ކުރެވޭނެ ގޮތެއް އޮތްތޯ ބަލަމުންދާ ކަމަށް ބުނެފައެވެ.
މި ލިއުމާއި ގުޅޭ