Wednesday 3rd Mar 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

24 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި މީހާ ދޫކޮށްލީ ގާނޫނާ ހިލާފަށް: އުމަރު

ކަނޑުމަގުންރާއްޖެއަށް 24 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ އަބްދުﷲ ސޮފްވަތު ދޫކޮށްލާފައިވަނީ ގާނޫނާ ހިލާފަށް ކަމަށްކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
24 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި 25 އަހަރަށް ޖަލަށް ލާން ހުކުމްކުރި ހ. އެވާޕީސް، ސޮފްވަތު ދޫކޮށްލާފައިވަނީ މިދިޔަ ޖުލައި މަހުއެވެ. ސޮފްވަތުގެ އިތުރުން ގ. ޓްރަސްޓް ހޯމް އިސްމާއީލް މޫސާގެ މައްޗަށްވެސް އެ މައްސަލައިގައި 25 އަހަރަށް ޖަލަށް ލާން ހުކުމް ކުރިއެވެ. ނަމަވެސްއެމީހާވެސް ދޫކޮށްލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބައެއް ރިޕޯޓްތަކުން ބުނެއެވެ. އެ މައްސަލައިގައި ސޮފްވަތާއި، އިސްމާއިލް މޫސާގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މާޗު 27، 2017 ގައެވެ.
މިކަމާއި ގުޅިގެން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ 24 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށްގެން 2017 ވަނަ އަހަރު ޖަލަށް ހުކުމް ކުރި މީހާ މިނިވަންކޮށްފައިވަނީ ކަޑައެޅިގެން ގާނޫނާއި ހިލާފަށް ކަމަށެވެ.
"24 ކިލޯގެ މަސްތުވާ އެއްޗެތި ރާއްޖެ އެތެރެކޮށްގެން 2017 ވަނަ އަހަރު ޖަލަށް ހުކުމް ކުރި މީހަކު މި ދޫކޮށްލީ ކަޑައެޅިގެން ޤާނޫނާ ޚިލާފަށް. މި ޤައުމު މަސްތުވާ އެއްޗެތިން ސަލާމަތް ކުރުމަށް ޓަކައި ޕާޓީތައް ދޫކޮށްލައްވާފަ، އަޅުގަޑާ އެކު ހިންގަވާ.އިޚުލާސްތެރިކަމާ، ހަރުދަނާ ކަމާ، ޖެހިލުން ކުޑަކަމާއެކު މަސައްކަތްކޮށް، އިރާދަކުރެއްވިއްޔާ މަސްތުވާ އެއްޗެތީގެ ވަބާއިން މި ރާއްޖެ ސަލާމަތްކޮށްދޭނަން. މިއީ ނުގުޑާނެ ވަޢުދު."ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވިއެވެ.
އީރާނުގެ ބޯޓެއްގައި ގެނައި ޑިންގީއެއްގެ ތެރޭގައި ފޮރުވައިގެން ރާއްޖެ އެތެރެކުރި އެ މަސްތުވާތަކެތި އަތުލައިގަނެފައިވަނީ މާޗު، 2014 ގައެވެ. މިމައްސަލައާއި ގުޅިގެން 18 މީހަކު ހައްޔަރު ކުރި ނަމަވެސް، ހެކި ނެތުމުގެ ސަބަބުން އިސްމާއިލް އާއި ސޮފްވަތު ފިޔަވައި ބާކީ ތިބި އެންމެންނަށް ދައުވާނުކޮށް ވަނީ ދޫކޮށްލާފައެވެ.
މި ލިއުމާއި ގުޅޭ