Sunday 7th Mar 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލައިފް ސްޓައިލް

އެކަނިވެރި ޤަރުނު: ޖަމާޢީ ގުޅުންތައް ބޭނުންވާ ސަބަބު ނޮރީނާ ހާޓްޒްގެ ގަލަމުން

ކޮރޯނާވައިރަސްއާ ގުޅިގެން އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތައް އެކީ ފިލައި މުޖުތަމަޢުތައް ވީއްލި މިނިވަންވީ ނަމަވެސް އަހަރުމެންނަށް އެކަނިވެރިކަން އިހުސާސްކުރުވަނިވި އެތައް ސަބަބެއް ވަށަވަށައިގެން ހުރި ކަމުގައި އިޤުތިޞާދީ މާހިރު ނޮރީނާ ހާރޓްޒް ޤަބޫލުކުރެވެ.
އަހަރުމެން ތެރެއިން ބައެއް މީހުންނަކީ ވަޒީފާގެ މާހައުލުގައި އެހެން މީހެއްގެ ދާއިމީ ފާރަވެރިކަމުގެ ދަށުގައި މަސައްކަތްކުރަން މަޖުބޫރުވެފައިވާ މީހުންނެވެ. ނުވަތަ ތިބާއީ މުއްސަނދިންނާއި ފަޤީރުން އެކީގައި ދިރިއުޅޭ ޢިމާރާތެއްގައި "ފަޤީރުންގެ ދޮރު" ބޭނުންކުރަން މަޖުބޫރުވެފައިވާ ނިކަމެއްޗެއް ކަމުގައިވެސް ވެދާނެއެވެ. ތިބާއީ ޕާކެއްގައި އިށީދެލައި މީހުންނާއެކީ ވާހަކަދައްކައި ސައްލާކޮށްލަން ބޭނުންވެ، އިށީންނަން ހަދާފައި ހުންނަ އަށިތަކުގެ އުދަގޫކަމުން އެކަން ނުކުރެވޭ އިސްރަށްވެއްސެއް ކަމުގައިވެދާނެއެވެ.
އިސްވެ ބަޔާންކުރެވުނު ޙާލަތްތަކަކީ 21 ވަނަ ޤަރުނުގައި ފައުޅުވަމުން އިތުރުވަމުން އަންނަ ކަންކަމެވެ. ހާރޓްޒްގެ ފޮތުގައި ކުރަހައިދެނީ އެކަނިވެރިކަމުގެ އިންތިހާއަށް މީހުން ގޮސްފައިވާ މިންވަރެވެ. އެ އެކަނިވެރިކަމާއި އެކަހެރިކަމުން ސަލާމަތްވުމަށް ބައެއް މީހުން އިޚުތިޔާރުކޮށްފައިވާ މަގުތައްވެސް އެ ފޮތުގައި ކިޔައިދެއެވެ. ގާތުގައި އެކީ އޮށޯވެލަން މީހަކަށް ފައިސާ ދިނުމެވެ. ރޮބޮޓަކާއެކު ދިރިއުޅުމެވެ. ޖަލަށް ދިއުމަށް ގަސްތުގައި ޖަރީމާ ހިންގުމެވެ. މިއީ ޖަޕާނުގައި އެކަނިވެރިކަމުން މިންޖުވާން ބައެއް މީހުން ކުރާ ކަންކަން ކަމުގައި މި ފޮތުގައި މުއައްލިފު ލިޔުއްވައެވެ.
މި ފޮތަކީ އެކަނިވެރިކަމުގެ އާތިފީ (އިމޯޝަނަލް) ރިހުމާ ގުޅޭ ފޮތެއް ނޫނެވެ. ނަމަވެސް އަހަރުމެންގެ މުޖުތަމަޢުތައް ބައިބައިވެ، ވިއްސިވިހާލިވެފައިވުމާ ގުޅޭ ފޮތެކެވެ. ގުޅުންތައް ހީނަރުވެ، އެކަހެރިކަން އާންމުވާ ގޮތާ ގުޅޭ ފޮތެކެވެ. ހާޓްޒްގެ ޒުވާބަކީ މިހާރު އަހަރުމެން ދިރިއުޅެމުންދަނީ އިހުގައި ހުރި އިންސާނީ އެތައް ފުން ގުޅުމެއް ނެތިގެންދާނެ ގޮތަކަށް ކަމުގައެވެ. އަދި އަހަރުމެންނަކީ އެކަހެރިކަމާއި އެކަނިވެރިކަމަށް ބިނާވެފައިވާ މަޚުލޫޤުންތަކެއް ނޫން ކަމަށާއި، އެކަނިވެރިކަމަކީ އަހަރުމެންގެ ޞިއްޙަތަށް އެއިން އެތައް ގެއްލުމެއް ފޯރާ ކަމެއް ކަމުގައި މުއައްލިފު ލިޔުއްވައެވެ.
އަދި އެކަނިވެރިކަމުގެ ސަބަބުން އަހަރުމެންގެ ހަށިގަނޑުގެ ސްޓްރެސް އިތުރުވެ، ދިފާޢީ ނިޒާމު ބަލިކަށިވެ، ސްޓްރޯކާއި ހިތުގެ ބައްޔާއި ޑިމެންޝިއާ ފަދަ ބަލިތައް ކުރިމަތިވުމުގެ ފުރުޞަތު ބޮޑުވެ، އަވަހަށް މަރުވުމުގެ ފުރުޞަތު 30 އިންސައްތަ އިތުރުކޮށްދޭަކމުގައެވެ.
އަދި އެކަހެރިކަމާއި ހަރުކަށި ހައްދުފަހަނައެޅި ތަފާތު ވިސްނުންތައް އުފަންވުމާ ގުޅުވައިދޭ ދިރާސާތައްވެސް އޭނާގެ ފޮތުގައި ގެންނަވައެވެ.
މުއައްލިފުގެ މައިގަނޑު ޒުވާބު ކުރުކޮށް ޚުލާޞާކޮށް ދަންނަވާނަމަ، އެއީ އިންސާނިއްޔަތުކަން ކަނޑުވަނިވި ޓެކްނޮލޮޖީއާއި، ތަނަވަސް ޚިޔާލެއް ނެތި ސިޓީތައް ފަރުމާކޮށްފައިވުމާއި، ދައުލަތްތަކުން ރައްޔިތުންނަށް ހޭދަކުރާ މިންވަރު މަދުކުރުމުގެ ސަބަބުން 21 ވަނަ ޤަރުނުގެ މުޖުތަމަޢުތަކަކީ އުފައުވެރިކަމުން މަހުރޫމުވެފައިވާ، ދުޅަހެޔޮކަން ނެތް، ނަފުރަތާއި ރުޅިވެރިކަން ބޮޑު މުޖުތަމަޢުތަކަކަށް ވެފައިވާ ކަމުގައެވެ.
މި ލިއުމާއި ގުޅޭ