Sunday 7th Mar 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ރައީސް ޔާމީން އެދިވަޑައިގަންނަވަނީ ރައްޔިތުންގެ ހެޔޮ ދުޢާއަށް: ޒޭން ޢަބްދުﷲ ޔާމީން

ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެމަނިކުފާނުގެ ސަޕޯޓަރުންނާއި ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވަނީ ހެޔޮ ދުޢާއަށް ކަމުގައި އެމަނިކުފާނުގެ ދަރިކަލުން ޒޭން ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޗެނަލް-13އަށް ދެއްވި ބަސްދީގަތުމެއްގައި ޒޭން ވިދާޅުވީ ރައީސް ޔާމީނުގެ ހާލުކޮޅު ރަނގަޅު ކަމުގައެވެ. އަދި އެމަނިކުފާނު ހުންނެވީ ވަރަށް ސާބިތުކަންމަތީގައި ކަމަށް ރައީސް ޔާމީންގެ ދަރިކަލުން ވިދާޅުވިއެވެ. އަދި އެމަނިކުފާނު ޝަރީއަތަށް ގެންނަ ދުވަސްދުވަހުގައި މަގުތައް ބަންދުކޮށް، ފުލުހުންގެ ޕްލެޓޫނުތައް ނެރެގެން ރައްޔިތުންނަށް އެމަނިކުފާނު ނުފެންނަ ގޮތް ހަދަނީ އެމަނިކުފާނު ސާބިތުކަންމަތީ ހުންނަވާ މަންޒަރު ދިވެހި ރައްޔިތުންނަށް ފެނިދާނެތީ ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނިވަޑައިގަންނަވާ ލީޑަރުން ބިރުގަނެވަޑައިގަންނަވާތީ ކަމުގައި ޒޭން ވިދާޅުވިއެވެ.
އަދި ރައީސް ޔާމީނުގެ މައްޗަށް އިއްވި ޖަލު ހުކުމަކީ ސިޔާސީ ހުކުމެއް ކަމުގައި ޤަބޫލުކުރައްވާ ކަމުގައިވެސް ޒޭން ވިދާޅުވިއެވެ. އެގޮތުން ހުކުމް ކުރަން އޮތް ދުވަހު މައްސަލަ ފެށިގެން ހުކުމްކުރުމާ ހަމައަށް ބެއްލެވި ފަނޑިޔާރު ސަސްޕެންޑުކޮށް މަޤާމުން އިސްތިއުފާދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން މަޖުބޫރުކުރުވި ކަމުގައެވެ. އަދި އެއަށްފަހު އެ މައްސަލާގައި ހުކުމް ކުރި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ޤާޟީއަކު އިސްތިއުނާފީ ކޯޓެއްގައި މަސައްކަތްކުރެއްވުމުގެ ތަޖުރިބާއެއްވެސް ނެތި ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓަށް އައްޔަންކުރެއްވުމަކީވެސް މި މައްސަލައިގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައި އޮތްކަމުގެ ހެއްކެއް ކަމުގައި ޒޭން ވިދާޅުވިއެވެ.
ރައީސް ޔާމީނުގެ ވެރިކަމުގެ ފަސް އަހަރާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ޒޭން ވިދާޅުވީ އެ ފަސް އަހަރަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އަދި ރަށެއްގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔަ ފަސް އަހަރު ކަމުގައެވެ. ޞިނާޢީ މަސައްކަތްތައް ފަށައި، ރައްޔިތުންގެ ތަނަވަސްކަން ވަރަށް ބޮޑަށް އިތުރުކުރި ފަސް އަހަރު ކަމުގައެވެ. އަދި ރައީސް ޔާމީނުގެ ވެރިކަމުގައި ދައުލަތުގެ ތަނަވަސްކަން އިތުރުވި މިންވަރާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ޒޭން ވިދާޅުވީ ރައީސް ޔާމީނު ވެރިކަމަށް ވަޑައިގެންނެވިއިރު ދިވެހި ދައުލަތުގެ ފޮރިން އެކްސްޗޭންޖު ރިޒާވުގައި ހުރީ ގާތްގަނޑަކަށް 300 މިލިއަނެއްހައި ޑޮަލަރު ކަމުގައެވެ. ރައީސް ޔާމީން ވެރިކަމުން ވަކިވެވަޑައިގެންނެވިއިރު ވެރިކަމުގައި 750 އެތައް މިލިއަން ޑޮލަރެއް ހުރިކަމުގައި ޒޭން ފާހަގަކުރެއްވިއެވެ.
އަދި އޭގެ އިތުރަށް ޒޭން ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ދިވެހި ރާއްޖޭގައި ދަރަނި މެނޭޖުކުރުމަށް ފިސްކަލް ރިޒާވެއް އުފައްދާފައިނުވާ ކަމުގައެވެ. ނަމަވެސް ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން 2017 ވަނަ އަހަރު ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގެ ނަމުގައި ފިސްކަލް ރިޒާވެއް ޤާއިމުކުރެއްވި ކަމުގައެވެ. އަދި ވެރިކަމުން ވަޑައިގެންނެވިއިރު އެ ރިޒާވުގައި 250 މިލިއަނެއްހައި ޑޮލަރު ހުރިކަން ޒޭން ފާހަގަކުރެއްވިއެވެ.
މި ލިއުމާއި ގުޅޭ